ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިލެތްދޫ ގޮއި އަދި މާލިޔާ އެއްކޮށް ގޮއިގެ ނަމުގައި ބީލަން ކިޔުމާއި ގުޅޭ

ފ.ބިލެތްދޫ ކައުންސިލްގެ 2020 ވަނަ އަހަރުގެ 12 ވަނަ އާއްމު ޖަލްސާގެ ނިންމުމާއި އެއްގޮތަށް ފ.ބިލެތްދޫ ގޮއިމާލިޔާ އެއްކޮށް ގޮއިގެ ނަމުގައި ބީލަން އުސޫލުން 2 އަހަރުގެ ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ބީލަން ހުށައެޅޭނެ އެންމެ ކުޑައަގަކީ އަހަރަކަށް -/3000 (ތިންހާސް) ރުފިޔާއެވެ.

                         ގޮއިގެ ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފ. ބިލެތްދޫ ކައުންސިލަށް ދުރުވެ ނަންނޯޓު ކުރެއްވުމަށް ފަހު ބީލަން ފޮތް ބައްލަވައިގަތުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ދުރުވާނަމަ އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ބީލަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތުގެ ސިޓީއާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ ގެންނަންވާނެވެ. ހުށަހަޅާ ސިޓީގައި ބަދަލުގައި އަންނަ ފަރާތުގެ މަޢުލޫމާތާއި، ބޭނުން ހިމަނަންވާނެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ ފޮތެއް  -/100ރ (ސަތޭކަރުފިޔާ) ށެވެ. މިކަމަށް އެދޭ ބީލަން ފޮތް ވިއްކުން2021  ޖަނަވަރީ 10 ވާ އާދިއްތަ ދުވަހުގެ 08:30 ން 2021 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީގަޑީގައި ބިލެތްދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.  ގޮއިގެ ބީލަން ހުށައެޅުން އޮންނާނީ 2020 ޖަނަވަރީ 17 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ބިލެތްދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - ބީލަން ފޮތް ބައްލަވައި ގަނެފައި ނުވާ ފަރާތްތަކުގެ ބީލަން ސީޓް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ ބީލަން ސިޓީ

   - ގަޑިޖެހުމަށްފަހު ގެންނަ ބީލަން ސިޓީ

   - މަޢުލޫމާތު ފުރިހަމަނުވާ ބީލަން ސިޓީ

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ ބީލަން ސިޓީ

   - މިއިދާރާއިން ބީލަން ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ ބީލަން ސިޓީ

07 ޖަނަވަރީ 2021
ހޯދާ