ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޝަރުޢީ ދާއިރާއިން ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރަން ހުށަހަޅާ ފޯމާގުޅޭ

ޝަރުޢީ ދާއިރާއިން ކުށުގެ ރެކޯޑު ނުވަތަ ދަރަނީގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމަށް ވަނީ ބަދަލުގެނެވިފައެވެ. އެގޮތުން ޝަރުޢީ ދާއިރާއިން ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 2021  ޖަނަވަރީ 10 ވަނަ ދުވަހުން ފެށިގެން ރެކޯޑު ސާފު ކުރެއްވުމަށް ހުށަހަޅުއްވާނީ މި އިޢުލާނާއި އެކު ޢާއްމު ކުރެވިފައި މިވާ ޖަދުވަލު 1 ގައިވާ "ކުށާއި ދަރަނީގެ ރެކޯޑު ސާފު ކުރާ ފޯމު" ކަމުގައި ދެންނެވީމެވެ. އަދި  ޝަރުޢީ ދާއިރާގެ ކޯޓުތަކުން ޝަރީޢަތުގެ ބޭނުމަށް ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅުއްވާނީ ޝަރީޢަތްކުރުމާއި ބެހޭ "ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 42" ގައިވާ ފޯމުން ކަމުގައިވެސް ދެންނެވީމެވެ.

ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމާއި، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ޖަދުވަލު 42 ގައިވާ ފޯމު މިޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ.

 

22  ޖުމާދަލްޢޫލާ 1442

07 ޖަނަވަރީ 2021
ހޯދާ