މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

 

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރިއަށްގެންދާ އެކިއެކި ސާވޭ/އިންސްޕެކްޝަންތަކުގައި ބޭނުންކުރުމަށް RTK ޑްރޯން އަކާއި އެއާގުޅުންހުރި ސާމާނު ގަތުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއިއުލާނާއިއެކު ތިރީގައިވާ ލިޔެކިއުންތައް އެއްކަރުދާސް ކުރަމެވެ.

  • 'ސްޕެސިފިކޭޝަންސް' އަދި 'ޕެކޭޖިންގް ޑީޓެއިލްސް'.
  • 'ޕްރައިޒް ޝެޑިއުލް'

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ދެވިފައިވާ ގޮތަށް 20 ޖަނަވަރީ 2021 ބުދަ ދުވަހުގެ މެންދުރު 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންވީ ތަކެތި:

 

  • ތަކެތި ވިއްކޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން).
  • ހުށައަޅާ ތަކެތީގެ ސްޕެސިފިކޭޝަން އެއާ އެއްކޮށް ލިބޭ ސާމާނުގެ ތަފްސީލާއި އެކު.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • އަމިއްލަ ފަރާތެއްނަމަ (އައި.ޑީ ކާޑު ނަންބަރު، އެކައުންޓް ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް)

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

          މިނިސްޓްރީ އޮފް ޓޫރިޒަމް

          ވެލާނާގެ، 5 ވަނަ ފަންގިފިލާ

          އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

          ފޯނު ނަންބަރު: 3022200، 3022207 

          އީމެއިލް : [email protected]  

 

 ނޯޓް:

  • މި އިއުލާނާއިގުޅިގެން ބިޑް ހުށަހެޅުމުގައި 'ޕްރައިޒް ޝެޑިއުލް' ގައިވާ ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަން ޖެހޭނެއެވެ. ހުރިހާ އައިޓަމަކަށް އަގު ހުށަނާޅާ ފަރާތްތަކުގެ ބިޑު ކެންސަލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަނާއި ޕެކޭޖިންގް ޑީޓެއިލްސް އަށް ނުފެތޭ ބިޑްތަށް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިމިނިސްޓްރީއަށްއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް އަށް ލިބިގެންވެއެވެ.
  • ސަޕްލައިކޮށްދިނުން 60 ދުވަހަށް ވުރެ އިތުރު މުއްދަތެއް ހުށައަޅާ ފަރާތްތަކުގެ ބިޑު ކެންސަލްކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
  • ސަޕްލައި ކޮށްދިނުމަށް ނަގާނެ މުއްދަތު 60 ދުވަހައްވުރެ އިތުރުނުވާ ގޮތަށެވެ.
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 18 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިނިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

22 ޖުމާދަލްއޫލާ 1442

 

06 ޖަނަވަރީ 2021
ހޯދާ