ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނީގެ ޓީވީމޯލްޑިވްސް އާއި، ދިވެހިރާއްޖޭގެއަޑުގައި މިހާރު ހުރި، އަލިފާން ނިންވާ ފުޅިތައް، ސާރވީސް ކުރުމާއި، އިތުރަށް އަލިފާން ނިންވާފުޅިތައް ބަހައްޓަންޖެހޭ ސަރަހައްދުގައި (އަމިއްލަ ޚަރަދުގައި) އާ ފުޅިތައް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/1

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-41-20) PSM-GA /2020/221

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                  މިކުންފުނީގެ ޓީވީމޯލްޑިވްސް އާއި،  ދިވެހިރާއްޖޭގެއަޑުގައި މިހާރު ހުރި، އަލިފާން ނިންވާ ފުޅިތައް، ސާރވީސް ކުރުމާއި، އިތުރަށް އަލިފާން ނިންވާފުޅިތައް ބަހައްޓަންޖެހޭ ސަރަހައްދުގައި (އަމިއްލަ ޚަރަދުގައި) އާ ފުޅިތައް ހަރުކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL) PSM-FP/ PSM/2020/98 އިޢުލާނާ ގުޅިގެން ހުށަހެޅުނު 3 ޕްރޮޕޯސަލްގެ ތެރެއިން 1 ޕްރޮޕޯސަލް އަސާސީ މަޢުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ކެންސަލް ވުމާއިގުޅިގެން ޝަރުޠު ފުރިހަމަވާ ވަރަށް ޕްރޮޕޯސަލް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

                  ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މި 2 ޢިމާރާތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށްޙާޟިރުވެވަޑައިގެން ޕްރޮޕޯސަލްހުށަހެޅުއްވުންއެދެމެވެ.

                  ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާގަޑިތަކަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

             21 ޖުމާދުލްއޫލާ1442    

             05 ޖަނަވަރީ 2021 

06 ޖަނަވަރީ 2021
ހޯދާ