ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމުގެ މަސައްކަތަައް 6ބިން ކުއްޔަށް ދިނުން

މިރަށު ލޭންޑްޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ހުއްދަދެއްވާފައިވާ ބިމުން 2000އަކަފޫޓްގެ 6ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މި ބިންތަކުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ނުކެރެވޭނެއެވެ. އަދި މިބިންތަކުން އެއްފަރާތަކައް ދެބިން ކުއްޔަށް ނުދެވޭނެއެވެ.

ޝަރުތު:

                    މިބިންތަކައް އެދި ހުށަހެޅޭނީ މިރަށުގެ ރައްޔިތުންގެ ތެރެއިން 18އަހަރު ފުރިފައިވާ މިރަށުގެ ރަޖިސްޓްރީގައި އޮތް މީހުންނަށެވެ.

 

ބީލަމުގައި ބައިވެރިވުން:

                   މިބިންތަކައް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު ޢުޞޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވެވޭނީ ޑިޕޮސިޓްގެ ގޮތުގައި -/500.00ރ (ފަސްސަތޭކަ ރުފިޔާ) ދެއްކުމަށް ފަހުގައެވެ. ޑިޕޮސިޓްގެ ގޮތުގައި ދައްކާ ފައިސާ ބީލަން ނިމުމުން، ބީލަމުގައި ބައިވެރިވި ފަރާތްތަކަށް ދޫކުރެވޭނެއެވެ. ނަމަވެސް ބީލަން ކާމިޔާބު ވުމަށްފަހު، ބީލަން ދޫކޮށްލާނަމަ އެފަރާތެއްގެ ޑިޕޮސިޓް ފައިސާ އަނބުރާ ނުދެވޭނެއެވެ. ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖައްސަވާ ސިޓީ ފޮނުވަންވާނީ ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 8:00އިން 13.30އަށް މިއިދާރާއަށެވެ. އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ކޮޕީ ގެންނަންވާނެއެވެ. މެއިލް ކުރައްވާނަމަ [email protected]  މިމެއިލްއަށް ފޮނުއްވާ ލިބުނުކަން ކަށަވަރު ކުރައްވަންވާނެއެވެ.

 

 

 

 

 

 

ބީލަން ފެށޭއަގާއި ބީލަން ކާމިބުކުރުން:

                   ކޮންމެ ބިމެއްވެސް ކުއްޔަށް ދޫކުރުމަށް ފެށޭއަގަކީ އަކަފޫޓެއް 0.52 (ފަންސާސް ދެ ލާރި) އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު އަކަފޫޓަކަށް 0.1 ( އެއް ލާރި ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ، އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގެ ލިބޭއަގުތައް އެދުވަހުގެ 14.00ގެ ފަހުން ކައުންސިލް އިދާރާގެ ނޯޓިސް ޢާއްމުކުރާ ބޯޑުގައި ޢާއްމުކުރެވޭނެއެވެ. ބީލަން ކާމިޔާބު ކުރާފަރާތްތަކާއެކު ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން ބިން ކުއްޔަށް ދޫކުރެވޭނެއެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށް ހިފާ ފަރާތުން 1މަހުގެ ކުލި ދައްކަންޖެހޭނެއެވެ.

                   މިއިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ 6 ބިން އޮންނަތަން ދައްކުވައިދޭ ރަށުގެ އައުޓްލައިން ޗާޓެއްގެ އިތުރުން 6ބިމުގެ ކުރެހުން މި އިޢުލާނާއިއެކު މިއިދާރާގެ ރަސްމީ ނޯޓިސްބޯޑުގައި ޢާއްމުކުރެވިފައިވާނެއެވެ. ބިމަށް އެދި ހުށަހަޅާނީ ކުރެހުން ބަލައިގެން، ބޭނުންވާ ބިމުގެ ނަމްބަރ ޖައްސަވައިގެންނެވެ. އަދި މެއިލް މެދުވެރިކޮށް ބިންކުއްޔަށް ހިފުމަށް ހުށަހަޅާފަރާތަކަށް ދެންނެވުނު ޗާޓާއި ކުރެހުން އެދިލައްވާ މެއިލްއަކަށް ފޮނުވައި ދެވޭނެއެވެ.

 

                   ވީމާ، މަސްކައްކާ ހިއްކުމުގެ މަސައްކަތައް ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6780034އަށެވެ.

 

                    މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

06 ޖަނަވަރީ 2021
ހޯދާ