އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ (އިންޓަރނަލް އޮޑިޓަރ )

މަޤާމް :ޑިރެކްޓަރ (އިންޓަރނަލް އޮޑިޓަރ )
ބޭނުންވާ އަދަދު :1

އިއުލާން

 

މި ހޮސްޕިޓަލުގެ ނަންބަރު 137-HR/IU/2020/195 ޑިރެކްޓަރ (އިންޓަރނަލް އޮޑިޓަރ ) ގެ މަގާމަށް އިއުލާންކުރުމުން އެ އިއުލާނަށް ކުރިމަތިލައްވާފައިވަނީ އެއްމެ ފަރާތަކުން ކަމަށްވާތީވެ، އެމަގާމުގައި މަސައްކަތްކުރެއްވުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދުމަށް ބޭނުންވެއެެވެ.

މަޤާމް:

ޑިރެކްޓަރ (އިންޓަރނަލް އޮޑިޓަރ)

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ސެކްޝަން

އެގްޒެކްޓިވް ބިއުރޯ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

މުސާރަ:

ސަރވިސް އެލަވަންސް:

ސްޕެޝަލް އެލަވަންސް:

ރިސްކް އެލަވަންސް:

 

މަސައްކަތު މުއްދަތު:

މަސައްކަތްކުރަންޖެހޭ ވަގުތު:

މަހަކު : -/8835 ރުފިޔާ

މަހަކު: -/2000 ރުފިޔާ

މަހަކު: -/2473.80 ރުފިޔާ

-/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

 

2 އަހަރު (މީލާދީ)

ދުވާލަކު މަދުވެގެން 8 ގަޑިއިރު ހަފްތާއަކު 5 ދުވަހު ރަސްމީ ގަޑި (އަދި  ދުވާލަކު 6 ގަޑިރަށްވުރެ އިތުރަށް ކުރާ މަސައްކަތުގެ ގަޑިއިރަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.)

މަޤާމްގެ މަސްއޫލިއްޔަތުތަކާއި           ވާޖިބުތައް:

  • ލޯކަލް އަދި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް މިހޮސްޕިޓަލުގެ އިންޓަރނަލް އޮޑިޓް ކުރުމާއި ބެހޭ އުސޫލް އަދި އެސް.އޯ.ޕީތައް ތައްޔާރުކޮށް، މުވައްޒަފުން އަހުރުވެރިކޮށް އެއާއި އެއްގޮތަށް އަމަލުކުރުން
  • އިންޓަރނަލް އޮޑިޓް ޕްލޭނެއް ތައްޔާރުކޮށް އަމަލުކުރުން
  • ކުރެވޭ އޮޑިޓް ތަކާއި ގުޅިގެން ފުރިހަމަ މަޢުލޫމާތު މެނޭޖްމަންޓް އަދި އޮޑިޓް ކޮމިޓީއަށް ހިއްސާކުރުން
  • ރިޕޯޓްކުރެވޭ މައްސަލަތައް ތަހުގީގުކޮށް، ތަހުގީގު މަރުހަލާގައި ފާހަގަކުރެވޭ ރިސްކްތައް  ހޯދައި ބެލުން
  • ފައިނޭންސް އަދި އޮޕަރޭޝަނަލް ކަންކަމާއި ގުޅިގެން ހިންގާ ރިސްކް-ބޭސް އޮޑިޓްތަކުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  • ކުރެވޭ އޮޑިޓް ތަކާއި ގުޅިގެން ހުރިހާ ތަފްސީލްތައް ހިމެނޭ ގޮތަށް އޮޑިޓް ރިޕޯޓް ތައްޔާރުކުރުން
  • ކުރެވޭ އޮޑިޓްތަކާއި ގުޅިގެން ފާހަގަ ކުރެވޭ ކަންތައްތަކުގެ މައްޗަށް ރެކޮމެންޑޭޝަންތައް މެނޭޖްމަންޓާއި ހިއްސާކުރުން
  • މިހޮސްޕިޓަލުގެ އެކައުންޓް ބުކްސް އަދި އެކައުންޓިން ސިސްޓަމް ތަކުގައި ހުރި މައްސަލަތައް ދެނެގަތުން
  • މިހޮސްޕިޓަލުގެ އުސޫލުތަކާއި އަދި މާލީ ކަންތައްތަކާއި ގުޅިގެން މެނޭޖްމަންޓަށް ދޭންޖެހޭ ލަފާ ދިނުން
  • ޕެޓީ ކޭޝް، ނޯޓްސް ރިސީވަބަލް އަދި ޕޭޔަބަލް، ނެގޯޝިއެބަލް ސެކިއުރިޓީސް އަދި ކެންސަލްވެފައިވާ ޗެކުތައް ބެލުން.
  • މިހޮސްޕިޓަލުގެ އެކި އެކި ޑިޕާޓްމަންޓް ތަކުގައި ހިންގާ މުއާމަލާތްތަކަކީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ހިންގާ މުއާމަލާތްތައްކަން ޔަގީން ކުރުމަށް އެންމެހާ ރިކޯޑްތައް ޗެކު ކޮށް މުވައްޒަފުންނާއި އިންޓަރވިއުކުރުން
  • މިހޮސްޕިޓަލުގެ ފައިނޭންޝަލް ރިޕޯޓްތައް، އެކައުންޓިންގ ރިކޯޑް އަދި ސްޓޭޓްމަންޓްތައް ތައްޔާރުކުރެވިފައިވަނީ ޕްރޮސީޖުރަލް ސްޓޭންޑަރޑްއަށްތޯ ބެލުން.
  • މިހޮސްޕިޓަލުގެ އެކިއެކި ދާއިރާތައް އެސެސް ކުރުން އަދި އެދާއިރާތަކުގެ ރިސްކްތައް ދެނެގަތުން
  • މިހޮސްޕިޓަލް އޮޑިޓް ކުރުމުގައި ބެސްޓް އޮޑިޓް ޕްރެކްޓިސްއަށް އަމަލުކުރުން
  • އޮޑިޓް އެސައިންމެންޓްތައް އަދި ދުރާލާ ރާވައިގެން ހިންގާއަހަރީ އޮޑިޓްތަކުގެ އެންމެހާ މަސައްކަތެއް ކުރުން

މަޤާމުގެ ޝަރުތުތައް:

 

 

 

 

 

  1. 1.        އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 މިމަގާމަށް މީހަކު ނެގުމުގައި ދާއިރާއާއި ގުޅޭ ޕްރޮފެޝަނަލް (އޭ.ސީ.ސީ.އޭ އަދި ސީޕީއޭ ) ފަދަ  ސެޓްފިކެޓް ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

ް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ޕޮލިސްރިޕޯޓް (3 މަސްހަމަނުވާ)

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

2- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ  13.30 ގެ ކުރިން، [email protected] މެއިލަށެވެ.

ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމްގެ ނަން އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީ ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ،14 ޖެނުއަރީ  2021 އާއި 21 ޖެނުއަރީ 2021 ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުުވެގެން ތިބުން އެދެމެވެ. އަދި އިންޓަރވިއު އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3335343 ނަންބަރު ފޯނަށް ނުވަތަ 3335234 ނަންބަރު ފޯނަށެވެ.

 

22 ޖުމާދަލްއޫލާ 1442

6 ޖެނުއަރީ 2021

06 ޖަނަވަރީ 2021
ހޯދާ