އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސ.ހިތަދޫ ޝަޒާ ނަމަކަށްކިޔާ ގޯއްޗާއި ސ.ހިތަދޫ ސެވެންސްޓަރ ނަމަކަށްކިޔާ ގޯއްޗާއި ދެމެދުގައިވާ ގޯޅިގަނޑު ހިމަނައިގެން އެސަރަހައްދުން މަގުތައް ނެގުމާއި އަދި އެމަގުތަކަށް ނަން ދިނުމާއި ގުޅޭ

އިޢުލާން

ސ.ހިތަދޫ ޝަޒާ ނަމަކަށްކިޔާ ގޯއްޗާއި ސ.ހިތަދޫ ސެވެންސްޓަރ ނަމަކަށްކިޔާ ގޯއްޗާއި ދެމެދުގައިވާ އެދެގެއިން ކުރެ ގެއެއްގެ ރަޖިސްޓަރީގައި ނެތް ދައުލަތުގެ ބިމުގެ ގޮތުގައި ހިމެނޭ ގޯޅިގަނޑަކީ މީހުން ހިނގާ ބިގާވެ އުޅޭ، ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވޭ މަގެއްގެ ގޮތުގައި ހަމަޖައްސައި، އެމަގަށް "އަމާން ގޯޅި" މިނަންދިނުމަށް ކައުންސިލްގެ 2020 ވަނަ އަހަރުގެ 35 ވަނަ ރަސްމީ ޖަލްސާއިން ނިންމާފައިވެއެވެ. އަދި "އަމާން ގޯޅި" ން އިރަށް ގޮސް ހިރާ ސުކޫލްގެ ހުޅަނގުން ޗާޓުގައިވާގޮތަށް، ގޯތިތަކުގެ ފުރަގަހުން މަގެއް ނަގައި، އެމަގަށް "ހިރާ މަގަ" މިނަން ދިނުމަށް ވެސް ކައުންސިލުން ނިންމާފައިވެއެވެ. ކައުންސިލުން ބުނެވިދިޔަގޮތަށް ނިންމާފައިވަނީ ހިރާ ސްކޫލް ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުންނާއި އައްޑޫއަކީ ބިމުގެ ދަތިކަން ބޮޑު ރަށަކަށް ވާތީއާއި އެމަގުތައް އެހެން ނުނަގައިފިނަމަ މުސްތަޤްބަލުގައި ރަށުގެ ތަރައްޤީއަށް ބުރޫއަރާނެކަމަށް ފެންނާތީއާއި އެ ސަރަހައްދުގެ ގޯތިތައް ބަހަންޖެހިއްޖެނަމަ ގޯތިތައް ބަހައިގެން ލިބޭ ފަރާތްތަކަށް ވެސް ވަދެނިކުމެ އުޅެވޭ މަގެއްގެ ގޮތުގައި މިދެންނެވުނު ގޯޅިއާއި މަގު ބޭނުންކުރެވޭނެގޮތް ހަމަޖެއްސުމުގެ ގޮތުންނެވެ.

ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ގ) އާއި (ޏ) އިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަދި "އަމާން ގޯޅި" އާއި "ހިރާ މަގަ"، މި ދެ މަގުގައި ބަހައްޓާފައިވާ އެފަރާތަކަށް ނިސްބަތްވާ ތަކެތި މިއަދުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެމަގުތަކުން ނެގުމަށް އަންގަމެވެ. މިސަރަހައްދުން ނެގިފައިވާ މަގުތައް އެގޭނެގޮތުގެ ޗާޓު ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

http://adducity.gov.mv/uploads/1609906553.pdf

22 ޖުމާދުލްއޫލާ 1442

06 ޖަނަވަރީ 2021
ހޯދާ