މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" އަށް ޓެކްނިކަލް ކޮންސަލްޓަންޓް އެއް ހޯދުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" އަށް ޓެކްނިކަލް ކޮންސަލްޓަންޓް އެއް ހޯދަންބޭނުންވެއްޖެއެވެ.

 

މި ބިޑާ ގުޅޭ ރިކުއަސްޓް ފޮރ ޕްރޮޕޯސަލް (އާރްއެފްޕީ) މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އަށް އަޕްލޯޑް ކުރެވިފައިވެސްވާނެއެވެ.

 

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން [email protected] އަށް އެފަރާތެއްގެ ތަފްސީލް މަޢުލޫމާތާ އެކު (ކުންފުނީގެ ނަން، ނިސްބަތްވާ ޤައުމު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް) އީމެއިލް ކުރައްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސްލް ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.

 

މި ބިޑާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 21 ޖަނަވަރީ 2021 ވަނަ ދުވަހުގެ 16:00 ގެ ކުރިން [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

 

މި މަސައްކަތަށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން 27 ޖަނަވަރީ 2021 ވަނަ ދުވަހުގެ 16:00 ގެ ކުރިން [email protected] އަށް ބިޑު އީމެއިލް ކުރެއްވުން އެދެމެވެ. މި ގަޑީގެ ފަހުން ހުށަހަޅުއްވާ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.

05 ޖަނަވަރީ 2021
ހޯދާ