ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް' ކުރިމަތިލުމުގެ ފުރުޞަތު

ވިލާ ކޮލެޖާއި، މި ކައުންސިލާ ދެމެދު 2020 ޑިސެމްބަރ 08 ވަނަ ދުވަހު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފު ކުރެވިފައިވާ 'ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް' ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ސްކޮލަރޝިޕްގައި ބައިވެރިވެވޭނީ ވިލާ ކޮލެޖުގެ ގަން ކެމްޕަހުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި، 2021 ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ސެމިސްޓަރގައި އެ ކެމްޕަހުގައި އަލަށް ކިޔަވަންފަށާ  ދަރިވަރުންގެ ތެރެއިން ލ. ގަމުގެ ރަށްވެހީންނަށެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ފައުންޑޭޝަން ނުވަތަ އަންޑަރގްރެޖުއޭޓް ނުވަތަ ޕޯސްޓްގްރެޖުއޭޓް ކޯސްތަކުގެ ތެރެއިން ހިލޭ ކިޔެވުމުގެ 2 ފުރުޞަތު ގަމު ކައުންސިލަށް ލިބިފައިވެއެވެ.    

ވީމާ، މި ސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ސްކޮލަރޝިޕަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ގަމު ކައުންސިލްގެ އިދާރާއަށް ނުވަތަ ގަމު ކައުންސިލްގެ އީމެއިލް ([email protected])އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ސްކޮލަރޝިޕަށް އެދޭ ފޯމު އަދި ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

މި ސްކޮލަޝިޕަށް ހޮވޭ 2 ފަރާތެއް ކަނޑައަޅާނީ ސްކޮލަރޝިޕަށް ހޮވޭ ފަރާތް ކަނޑައެޅުމަށް މި ކައުންސިލުން އެކުލަވާލާ އުސޫލުގެ ތެރެއިންނެވެ. 

05 ޖަނަވަރީ 2021
ހޯދާ