މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންގެންނަން ދޫކުރާ ހުއްދަ އާގުޅޭ ލިޔުންތައް ނޮޓޮރައިޒް ކުރުމާބެހޭ

އިޢުލާން

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންގެންނަން ދޫކުރާ ހުއްދަ އާގުޅޭ ލިޔުންތައް ނޮޓޮރައިޒް ކުރުމާބެހޭ

ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެންނަން މި މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ކޯޓުގައި ރަޖިސްޓްރީކޮށް ނުވަތަ ނޮޓަރައިޒް ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކެއް ހިމެނެއެވެ. މިފަދަ ލިޔުން ހުށަހެޅުމުގައި، ނޮޓަރައިޒް ކުރުމުގެ ބޭނުމާއި މަޤްޞަދު ގެއްލޭގޮތަށް ހުންނަ ލިޔެކިޔުން ނޮޓަރައިޒްކޮށް ، ބައެއް ފަރާތްތަކުން ހުށަހަޅަމުން އެބަ ގެންދެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުކޮށް ހުންނަ ލިޔުން، ނޮޓަރައިޒް ކޮށްފަ ހުންނަކަންވެސް ފާހަގަ ކުރެވެއެވެ. މީގެ އިތުރަށް ، ނޮޓަރައިޒް ކޮށްފައިވާ ލިޔުމުގައި ހިމެނޭ މަޢުލޫމާތު ބަދަލުކުރުމަށްފަހު ހުށަހަޅަމުންދާކަންވެސް މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ.  

އެހެންކަމުން، އެފަދަ ލިޔުން ހުށަހަޅާ ފަރާތްތަކާމެދު ޤަވާޢިދުން ފިޔަވަޅު އެޅުމާއެކު ، އެފަދަ ލިޔުން ނޮޓަރައިޒް ކޮށްދޭ ފަރާތްތަކުން ނޮޓަރައިޒް ކޮށްދީފައި ހުންނަ ލިޔުން، މިމިނިސްޓްރީން އިތުރަށް ބަލައިނުގަންނާނެ ކަމުގައި ދެންނެވީމެވެ. އަދި ޞައްޙަނޫން މަޢުލޫމާތު ހިމެނޭ ލިޔުމާއި،  މަޢުލޫމާތު ފުރިހަމަ ނުވެ އޮއްވާ ނޮޓަރައިޒް ކޮށްފައިހުންނަ ލިޔެކިޔުން، އަދި ނޮޓަރައިޒް ކުރުމަށްފަހު ބަދަލު ގެނެއްސަ ހުންނަ ލިޔުން، މި މިނިސްޓްރީއަށް ބަލައި ނުގަންނާނެ ކަމުގައިވެސް ދެންނެވީމެވެ.

05 ޖަނަވަރީ 2021
ހޯދާ