މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ ތިރީގައި މިދަންނަވާ މަޤާމަށް ޤާބިލް އަދި ޝައުޤުވެރިވާ މީހަކު ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުޞަތު

 

            ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ ތިރީގައި މިދަންނަވާ މަޤާމަށް ޤާބިލް އަދި ޝައުޤުވެރިވާ މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު: އެކައުންޓްސް އެންޑް އެޑްމިނިސްޓްރޭޓިވް އޮފިސަރ

     ބޭނުންވާ ޢަދަދު: 01 (އެކެއް)

      މުސާރަ: -/5000 ރުފިޔާ

   ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / ކަސްޓަމްސް ބިލްޑިންގ / މާލެ

  

އިތުރު އިނާޔަތްތައް:

  •  ޙާޟިރީ އެލަވަންސް: މަސައްކަތަށް ޙާސިރުވާ ކޮންމެ ދުވަހަކަށް -/80 ރުފިޔާ
  •  ކޮއްތު ފައިސާ: މަސައްކަތަށް ޙާސިރުވާ ކޮންމެ ދުވަހަކަށް -/80 ރުފިޔާ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ގާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.

 

   މަޤާމުގެ ޝަރުތު:

  •  ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 2 މާއްދާއިން "ސީ" ފާސް ލިބިފައިވުން؛
  •  އެކައުންޓިންގ އެންޑް ފައިނޭންސް އާގުޅޭ ދާއިރާއަކުން ޑިޕްލޮޕާ ނުވަތަ އެއަށްވުރެ މަތީފާހެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ·   ގިނަވަގުތު މަސައްކަތުގައި އުޅެވުމާއި ޝިފްޓް ޑިއުޓީ އަދާ ކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

 

މަގާމުގެ މަސްއޫލިއްޔަތު:

  •  ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ އިދާރީ ކަންކަން ހިންގާ ބެލެހެއްޓުން؛
  •  ސޮސައިޓީގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި އަހަރީ ހިސާބުތައް، ހަޒާންދާރު މެދުވެރިކޮށް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ ސުންގަޑީގެކުރީން އެތަކެތި ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން؛
  •  ސޮސައިޓީގެ ފަރާތުން ދޭ ޚިދުމަތްތަކާއި ހިންގާ ހަރާކާތްތަކުގެ ލިޔެކިއުންތައް ބެލެހެއްޓުމާއި، ކުރެވޭ ޚަރަދުތަކާއި އަދި ލިބޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް ސޮސައިޓީގެ ހަޒާންދާރަށް ފޮނުވުން؛
  •  ޕެޓީ-ކޭޝް ޙަރަދުކުރެވޭ ގޮތުގެ ތަފްސީލްތައް ތައްޔާރުކޮށް ހަޒާންދާރަށް ފޮނުވުން؛
  • ސޮސައިޓީއަށް ހޯދޭ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި ސްޓޮކް ބެލެހެއްޓުން؛
  •  ސޮސައިޓީގެ ހިންގާ ކޮމެޓީގެ ބައްދަލުވުންތަކުގެ އިންތިޒާމް ސޮސައިޓީގެ ސެކްރެޓަރީއާ ގުޅިގެން ކުރުން؛
  • ސޮސައިޓީ ހިންގުމުގައި ސޮސައިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ؛
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކެޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަޑު ޖަހާފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުޅީމީ ސެޓްފިކެޓްތަކާއި ޓްރާންސްކޮރިޕްޓް (އަޞްލާ އެއްގޮތްކަން ބަޔާންކޮށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލަކު ތައްގަނޑުޖަހާފައިވާ އަޞްލު)؛
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީވީ ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް؛
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

އެހެނިހެން ކަންކަން:

              މި މަޤާމަށް ހޮވޭނީ މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާދެމެދު މީހުންނެވެ. މި އިޢުލާނުގެ ބޭނުމަށް ޢުމުރުފުރާ ބަލާނީ 2021 ޖަނަވަރީ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސުންގަޑި:

މިވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ޖަނައަރީ 13 ވަނަދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން ނުވަތަ[email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7789880 އަދި7970350  އަށެވެ.

04 ޖަނަވަރީ 2021
ހޯދާ