ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮށްޓަށް ޖަމާކޮށް ނައްތާލާނެ ފަރާތެއް ބޭނުންވެއްޖެ

ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮށްޓަށް ޖަމާކޮށް ނައްތާލާނެ ފަރާތެއް ބޭނުންވެއްޖެ

           ހަނިމާދޫގައި އުފެދޭ ކުނި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ހަފްތާއަކު 3 ދުވަހު، ކުނީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން ކުނިނަގާ، ކުނިކޮށްޓަށް ގެންގޮސް ނައްތާލާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

           މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2021  ޖަނަވަރީ 05 އިން 29 އިން 2021 ޖަނަވަރީ 12 އަށް  މިއިދާރާގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމާއި ބިޑް ޑޮކިއުމަންޓް ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓްކުރާ ފަރާތްތަކަށެވެ.

            މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2021 ޖަނަވަރީ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ސާފުކުރެއްވުން އެދެމެވެ.

            ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 14 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

04 ޖަނަވަރީ 2021
ހޯދާ