ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރ ހޯދުން

މި އިޢުލާންވަނީ 10 ފެބުރުވަރީ 2021 14:09 ގައި ބާތިލް ކުރެވިފައެވެ.


                                                                      ނަންބަރު: 242/242/2021/1(IUL)

                                           އިޢުލާން

               

ޒޯން ބީގެ އެއްގަމު ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރ ހޯދުމާއި ބެހޭ

 

             މިއިދާރާއިން ދޫކުރާ އެއްގަމު ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 14 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދި ސިޓީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މިފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. އެގްޒަމިނަރުން ހޮވުމުގައި ލައިސަންސްގެ މުއްދަތާއި އަދި ލިބިފައިވާ ކެޓަގެރީތަކުގެ މައްޗަށް ބެލެވޭނެއެވެ.

 

އެއްގަމު ލައިސަންސް ދޫކުރުމަށް އެގްޒަމިންރުން ބޭނުންވާ ޢަދަދު: 4 ( ފިރިހެން 2، އަންހެން 2 )

އެގްޒަމިނަރުން ބޭނުންވާ މުއްދަތު: 02 އަހަރު ދުވަސް

ޝަރުތު

-          ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި  ނުވުން ،އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން ( 3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯރޓް )

-          ދޫކުރި ތާރީޚުން ފެށިގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން     ( ލައިސަންސްގެ އަސްލާއި ކޮޕީ ) (އެއްގަމުގެ އެގްޒަމިނަރުންނަށް )

-          އައިޑީކާޑުގެ ކޮޕީ

04 ޖަނަވަރީ 2021
ހޯދާ