މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-330553

ބޭނުންވާ އަދަދު:

1 އެކެއް

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުޙްޔިއްދީން ސްކޫލް/ ވިލިމާލެ

މުސާރަ:

4465.00 ރުފިޔާ  

ސަރވިސް އެލަވަންސް:

1500.00 ރިފިޔާ

ކޯ އެލަވަންސް -2:

-/700.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާ ލެއްފުން.
  2. އެކަޑަމިކް ސެކްޝަންގެ ސެޝަނަށް ޙާޟިރުނުވާ ޓީޗަރުންގެ ގަޑިތައްފުރުމަށް، ލީޑިންގ ޓީޗަރުންގެ ލަފާގެމަތިން ރިލީފް ޓީޗަރުން ހަމަޖައްސައި އެޓީޗަރުން ލައްވައި ސޮއިކުރުން.
  3. ދުވަހުން ދުވަހަށް އެކަޑަމިކް މެއިލް ޗެކްކުރުމާއި ސްކޫލު މެއިލްއަށް އައިސްފައިވާ ތަކެތި ދުވަހުން ދުވަހަށް އެންޓްރީއަށް ވެއްދުމާއި މެއިލް ރައްދު ވާންޖެހޭ ފަރާތްތަކަށް މެއިލް ފޮނުވުން.
  4. ކިޔަވައިދިނުމާއި ގުޅޭގޮތުން އެކިއެކި ދާއިރާތަކުން އަދި އަމިއްލަ ފަރާތަކުން ފޮނުވާ ސިޓީތަކަށް ވެރިންގެ ލަފާގެމަތިން ޖަވާބުދިނުމާއި ސިޓީތައް ފައިލްކުރުން.

4.1 އެކިއެކި ފަރާތްތަކުން ސްކޫލަށް ފޮނުވާ ސިޓީ، ނޯޓް ފަދަތަކެއްޗަށް ޖަވާބު ފޮނުވުން.

4.2 ސްކޫލުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުން، ސިޓީ، ނޯޓް އަދި މެމޯ ފަދަތަކެތި ޑްރާފްކޮށް އެފަރާތްތަކަށް ފޮނުވުން.

4.3 ސިޓީ ފޮނުވިފައިވާ ފަރާތްތަގެ ތެރެއިން ޖަވާބު ހޯދަންޖެހޭ ފަރާތްތަކުން ޖަވާބުހޯދާ ވެރިއަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން.

  1. ސްކޫލްގެ އެކިއެކި ކަންކަމުގައި ފޮނުވަންޖެހޭ ބެލެނިވެރިންނަށް ފޮނުވާ އެސްއެމްއެސް ވެރިއެއްގެ ލަފާގެ މަތިން ފޮނުވުން.
  2. ދަރިވަރު ސްކޫލަށް ވެއްދުމަށްފަހު؛ ރަޖިސްޓްރީ ކުރުމަށްފަހު ކޮންމެ ދަރިވަރަކަށް 02 ޕޭރެންޓް ކާޑް 02 ދުވަހުގެ ތެރޭގައި ހަވާލުކުރުން.
  3. ވެރިންގެ ލަފާގެމަތިން ބެލެނިވެރިންނާއި ޓީޗަރުންނަށް ދެވޭ ނޯޓިސް ތައްޔާރުކުރުން.

7.1 ނޯޓިސް ލިޔެ ތައްޔާރުކުރުމަށްފަހު ވެރިއެއްގެ އެޕްރޫވަލްހޯދުން.

7.2 ނޯޓިސް ތައްޔާރުކޮށް ސްކޫލުގެ ނޯޓިސްބޯޑަށް އެރުވުމަށްފަހު ވެބްސައިޓަށް އަދި ޑިޖިޓަލް ނޯޓިސްބޯޑަށް އެރުވުމަށްޓަކައި ވެބްސައިޓް އަދި ޑިޖިޓަލް ނޯޓިސްބޯޑް ބެލެހެއްޓުމަށް ހަވާލުވެފައިވާ މުވައްޒިފާއި ހަވާލުކުރުން.

7.3 ސްކޫލު ނޯޓިސް ބޯޑަށް ތަކެތި އެރުވުމަށްފަހު އެތަކެތި މުއްދަތު ހަމަވުމުން ނޯޓިސްބޯޑުން އެތަކެތި ނެގުމާއި ދުވަހުން ދުވަހަހަށް ނޯޓިސްބޯޑް އަޕްޑޭޓް ކުރުން.

  1. ސްކޫލްގެ އެންރޯލްމަންޓް ރަޖިސްޓްރީ ބެލެހެއްޓުމާއި ތަފާސް ހިސާބު ފުރިހަމަކޮށް މިނިސްޓްރީއިން ހަމަޖައްސާ ތާރީހަކަށް ފޮނުވުން.

8.1 އެއްއަހަރުން އަނެއްއަހަރަށް ޓްރާންސްފަރވާ ދަރިވަރުން ޖެހިގެން އަންނައަހަރުގެ އެންރޯލްމަންޓް ލިސްޓަށް އަޕްލޯޑް ކުރުން.

8.2 އަލަށް ސްކޫލަށް އަންނަ ދަރިވަރުންނަށް ސްޓޫޑަންޑް މަޢުލޫމާތު ފޯމް ދޫކުރުމަށްފަހު ބަލައިގަނެ އެދަރިވަރުންގެ މަޢުލޫމާތު މާސްޓަރ ސްޓޫޑަންޓް ރަޖިސްޓްރީ އަށް އަޕްލޯޑް ކުރުމާއި އެކު ކްލާސް ލިސްޓަށް އަޕްލޯޑްކުރުން.

8.3 ސްކޫލުގެ އެއަހަރެއްގެ އެންޜޯލްމަންްޓް ފައިނަލްކުރުމަށްފަހު ދަރިވަރުންގެ ޓެކްސްފޮތްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ހޯދުމަށްޓަކައި ޕްރޮކިއުމަންޓް ސެކްޝަނަށް ހަވާލުކުރުން.

  1. އޯލެވެލް އިމްތިހާން އާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކަމާބެހޭ ވެރިއެއްގެ ލަފާގެ މަތިން ފަރުވާތެރި ކަމާއިއެކުކޮށް ހުރިހާ ލިޔެކިޔުމެއް ފައިލް ކުރުން.
  2. ކިޔަވައިދިނުމާއި ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތައް ދުވަހުން ދުވަހަށް ކުރުން.
  3. އެމިސް ސްޓޫޑަންޓް ޑޭޓާރ ބެއިސް އިން ކުރަންޖެހޭ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ކޮށްނިއްމުން.
  4. ދަރިވަރުން އަދި ޓީޗަރުންގެ ޓެޕްލެޓް ސެޓިންގ ހަދާ މިނިސްޓްރީގެ ޕޮލިސީއާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޒިންމާދާރު ކަންމަތީ ޓެޕްލެޓް ދޫކޮށް ބާކީ ކޮށް އިންވެންޓްރީ މަސައްކަތް ކުރާ މުވައްޒަފާއި މަޢުލޫމާތު ހިއްސާކޮށް ޓެބްލެޓް ޑޭޓަރ ބޭސް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތުތަކުން ޝަރުތެއްފުރިހަމަވުން.

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑް ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަނދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި  ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދިވަސްއެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީމަނަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދިވަސްއެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސްއެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން. (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔމެއް ހުށަހަޅަންވާނެއެވެ.)

(ރ)   އުވާލައިފާވާ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސްއެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ވަޒީފާ އަދާކުރިގޮތް އަންގާދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކެޓަގަރީގެ ޖުމްލަ އިންސައްތަ

އިންސައްތަ

%

ޕޮއިންޓް

ބެލެވޭނެ ބައިތައް

ދާއިރާ

15

15

35

ލިބިފައިވާ ތަޢުލީމް

ތަޢުލީމް

10

10

20

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

މަސައްކަތުގެ ތަޖުރިބާ

75

25

50

އިމްތިހާން / ޕްރެކްޓިކަލް

ލިބިފައިވާ ހުނަރު

 

50

100

އިންޓަރވިއު

 

100

100

205

 

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (10 ޖަނަވަރީ 2021) ގެ (14:00) ގެ ކުރިން، (މުޙްޔިއްދީން ސްޚޫލް) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ( 3390635 ) އަށެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 ޖަނަވަރީ 2021 އާއި 14 ޖަނަވަރީ 2021 ދެމެދު، މުޙްޔިއްދީން ސްކޫލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3390634) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

20 ޖުމާދަލްއޫލާ 1442

04 ޖަނަވަރީ 2021
ހޯދާ