ދިވެހިރާއްޖެ
ފެބުރުވަރީ 2021 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަށް އެޕްލައިކުރުން 4 ޖަނަވަރީ 2021 ވާ ހޯމަ ދުވަހު ހެނދުނު 8:00 އިން ފެށިގެން 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދަމު 23:59 ނިޔަލަށެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް mnu.edu.mv/apply/ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝާން
1. ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އިންގްލިޝް) – (ކ.މާލެ)
2. ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން (ދިވެހި) – (ކ.މާލެ)
ކޯސްތަކުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ: