އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ޢިމާރާތްކުރުމަށް ރަޖިސްޓަރީކޮށްފައިވާ ބިމުގައި ހުރި ރުއްތަކާ ބެހޭ

އިޢުލާން

އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ޢިމާރާތްކުރުމަށް ރަޖިސްޓަރީކޮށްފައިވާ ބިމުގައި ހުރި 1 ން 15 ށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތެއްވޭތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ، މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ، އެކަން އެނގޭނެ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރެފަރެންސް ލިޔުމަކާއެކު 07 ޖަނަވަރީ 2021 ވާ  ބުރާސްފަތި ދުވަހުގެ 14:00 ގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން ހުޅުދޫ އަވަށު އޮފީހަށް އަންގަވައި ދެއްވުން އެދެމެވެ.

 

19 ޖުމާދަލްއޫލާ 1442   

03 ޖަނަވަރީ 2021
ހޯދާ