ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

                      ގއ އަދި ގދ އަތޮޅުގެ ރަށްރަށުގެ ބަނދަރު/ޖެޓީން އެރަށެއްގެ ފެނަކަ އިންޖީނުގޭގެ ޓޭންކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ޑީސަލް ޑެލިވަރީ ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނުގެ، ތިރީގައިވާ ރަށްރަށަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

-          ގއ.ނިލަންދޫ              - ގދ.ވާދޫ

-          ގއ.މާމެންދޫ               -ގދ.ރަތަފަންދޫ               

-          ގއ.ކޮނޑޭ                  - ގދ.ނަޑެއްލާ

-          ގއ. ކޮލަމާފުށި             - ގދ. ފިޔޯރި

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ރެޖިސްޓްރޭޝަން:  މިބިޑުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 07 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  • ކުންފުނި / ވިޔަފާރި ހުއްދަ / އަމިއްލަ ފަރުދުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
  • ބީލަމުގެ އިޢުލާނު ނަންބަރު

 

 ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.

 

  • ބީލަންހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 17 ޖެނުއަރީ 2021 ވާއާދީއްތަދުވަހުގެ 12:00 ގެކުރިން[email protected]އަށްމެއިލްގެ ޒަރީޢާއިންނެވެ.

(އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ހަމައްޖަސާފައިމިވަނީ، ކޮވިޑް-19 ގެ މިޙާލަތުގައި ގިނަ ފަރާތްތަކަކުން އެއްތަނަކަށް ޖަމާވެ ބައްދަލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ނުވާތީއެވެ)

              މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

03 ޖަނަވަރީ 2021
ހޯދާ