މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް"

"ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް"

     

 ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ޕޮލިސީ 1 ގެ ސްޓްރެޓެޖީ 1.3 ގެ ދަށުން ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންގެ މެދުގައި އިސްނެގުމުގެ ރޫޙު އާލާ ކުރުމުގެ ގޮތުން "ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

  މި ޕްރޮގްރާމްގެ މަޤްސަދަކީ ޤައުމީ ފެންވަރުގައި ޒުވާން ދަރުމަވެރިން އުފައްދާ، ޒުވާނުންގެ މެދުގައި ދަރުމަވެރިކަން ފުޅާކުރުމާއި، ޒުވާނުންގެ ކިބައިގައި ޤައުމަށާއި މުޖްތަމަޢުއަށް ޚިދުމަތްކުރުމުގެ ރޫޙު އާލާކޮށް ޒުވާނުންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގަތުވުމެވެ. ހަމައެއާއިއެކު ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކޮށް، ޖަމްޢިއްޔާތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރުމެވެ.

 ވީމާ މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ، އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާން ވަކިވަކި ފަރުދުންނާއި އަދި ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކްލަބް / ޖަމްޢިއްޔާތަކަށް ބައިވެރިވުމުގެ ފުރުޞަތު 01 ޖަނަވަރީ 2021 ން ފެށިގެން ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވުމަށް އެދޭ ފަރާތްތަކުން ގޫގްލް ފޯމް ލިންކް: https://forms.gle/zVrvL3UnX4kmqV4n7 އިން ރަޖިސްޓްރީ ކުރެވޭނެއެވެ، އަދި ފޯމް މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 އިތުރުމައުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރު 1456 / 3323860 އަށް ގުޅުއްވުން އެދެމެވެ.

 ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

31 ޑިސެންބަރު 2020
ހޯދާ