އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ ޚިދުމަތްތަކުން އެޑްމިންސްޓްރޭޝަން ފީ ނެގުމާގުޅޭ

ނަންބަރު: (IUL)342/2020/121

އިޢުލާން

މިކައުންސިލުން ދޭ ޚިދުމަތްތަކުން އެޑްމިންސްޓްރޭޝަން ފީ ނެގުމާގުޅޭ

  މިކައުންސިލްގެ 24 ވަނަ ޢާންމު ޖަލްސާއިންވަނީ މިކައުންސިލުން ދޭ ޚިދުމަތްތަކުން އެޑްމިނިސްޓްރޭޝަން ފީނެގުމަށް ނިންމާފައެވެ. މިގޮތުން " އެޑްމިނިސްޓްރޭޝަން ފީ ނެގުމާގުޅޭ އުސޫލު" 2021 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފީމެވެ.

އެޑްމިނިސްޓްރޭޓިވް ފީ ނެގުމާއިގުޅޭ އާންމު އުސޫލު

ތަޢާރަފާއި ނަން:

  1.  

(ހ)

މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ގެ 59 ވަނަ މާއްދާގެ (ށ) ގެ 16 ވަނަ ނަންބަރުގެ ދަށުން އެކުލަވާލެވިފައިވާ ޢާންމު އުސޫލެކެވެ.

 

 

(ށ)

މި އުސޫލަށް ކިޔަނީ "އެޑްމިނިސްޓްރޭޓިވް ފީ ނެގުމާއި ގުޅޭ ޢާންމު އުސޫލު" އެވެ.

މަޤްޞަދު:

  1.  

މި އުސޫލަކީ އއ.މަތިވެރީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުން އެޑްމިނިސްޓްރޭޓިވް ފީ ނެގުމަށް ހެދިފައިވާ އުސޫލެކެވެ.

ޢަމަލުކުރަން ފަށާ ތާރީޚް:

  1.  

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ކައުންސިލުން ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމަށްފަހު 2021 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެންނެވެ.

 

ކުރީގައި ހިނގާފައިވާ ކަންކަމަށް މި އުސޫލް ހިންގުން:

  1.  
 

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް މި  އުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މި އުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު މި އުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި އުސޫލުގެ ދަށުން ހިނގާނެއެވެ.

ޚިދުމަތް ދިނުމަށް ދޫކުރާ ފޯމްއިން ފީ ނެގުން

  1.  

(ހ)

 

ކައުންސިލުން ދޭ ހުރިހާ ޚިދުމަތަކަށްވެސް އެދެވޭނީ ފޯމްއިންނެވެ.

 

 

(ށ)

ކައުންސިލުން ޚިދުމަތަށް ދޫކުރާ ކޮންމެ ފޯމްއެއް ބަލާގަންނާނީ 5 ރުފިޔާގެ ފީއެއް ނެގުމަށްފަހުއެވެ.

 

 

(ނ)

މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތްނަމަވެސް އެހެން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން އަދި އާއްމުއުސޫލަކުން އެހެންގޮތަކަށް ބުނެފައިވާނަމަ އެގޮތަކަށް އަމަލުކުރެވޭނެއެވެ.

 

  1.  

 

 

އެޑްމިނިސްޓްރޭޓިވް ފީ ނަގާނެ ޙިދުމަތްތައް އަދި ފީގެ އަދަދުތައް

  1.  

(ހ)

މި އުޞޫލް ކައުންސިލް އިން ފާސްކޮށް ސަރުކާރުގެ ގެސެޓްގައި  ޝާއިޢުކުރާ ދުވަހުން ފެށިގެން އެޑްމިނިސްޓްރޭޓިވް ފީ ނެގޭނެ ޚިދުމަތްތައް އަދި ނަގާނެ އަދަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(1)    އުފަން ދުވަހުގެ ރަޖިސްޓްރީ އަލަށް ހެދުމަށް            100.00 ރުފިޔާ

(2)    އުފަން ދުވަހުގެ ރަޖިސްޓްރީ ގެއްލިގެން               150.00 ރުފިޔާ

(3)    އުފަން ދުވަހުގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން   50.00 ރުފިޔާ

(4)    އުފަން ދުވަހުގެ ސެޓްފިކެޓް އަލަށް ހެދުމަށް             100.00 ރުފިޔާ

(5)    އުފަން ދުވަހުގެ ސެޓްފިކެޓް ގެއްލިގެން ހެދުމަށް          150.00 ރުފިޔާ

(6)    އުފަން ދުވަހުގެ ސެޓްފިކެޓް އާކުރުން/މަޢުލޫމާތު ބަދަލުވުން   50.00 ރުފިޔާ

(7)    ބިމުގެ ރަޖިސްޓްރީ އަލަށް ހެދުމަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް)                              200.00 ރުފިޔާ

(8)    ބިމުގެ ރަޖިސްޓްރީ އަލަށް ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް)                               500.00 ރުފިޔާ

(9)    ބިމުގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް)                              200.00 ރުފިޔާ

(10)                        ބިމުގެ ރަޖިސްޓްރީ އަލަށް ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް)                  1000.00 ރުފިޔާ

(11)                        ބިމުގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް)               100.00 ރުފިޔާ

(12)                        ބިމުގެ ރަޖިސްޓްރީ އާކުރުން/މަޢުލުމާތު ބަދަލުވުން (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް)        500.00 ރުފިޔާ

(13)                        ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލަށް ހެދުމަށް (އަމިއްލަ ފަރާތްތަކަށް،އަމިއްލަ ވިޔަފާރިތަކަށް)                250.00 ރުފިޔާ

(14)                        ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލަށް ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް)         500.00 ރުފިޔާ

(15)                        ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް ( އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް)                300.00 ރުފިޔާ

(16)                        ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް (ދަޢުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް)          1000.00

(17)                        ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (އަމިއްލަ ފަރާތްތަކަށް،އަމިއްލަ ވިޔަފާރިތަކަށް)                100.00 ރުފިޔާ

(18)                        ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (ދަޢުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް)  500.00 ރުފިޔާ                   

(19)                        މަތިވެރީ ރަށްވެއްސަކަށްވުމުގެ ސެޓްފިކެޓް ފީ     100.00 ރުފިޔާ

(20)                        މަތިވެރީ ރަށްވެހިކަމުން ވަކިވުމުގެ ސެޓްފިކެޓް ފީ  100.00 ރުފިޔާ

(21)                        އެއްގެއިން އަނެއްގެއަށް ބަދަލު ވުމުގެ ފީ       50.00 ރުފިޔާ

(22)                        މަތިވެރީގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން 100.00 ރުފިޔާ

(23)                        ރަށުގައި ވިޔަފާރިކުރާ ކަމުގެ ލިޔުން          100.00 ރުފިޔާ

(24)                        މަސައްކަތް ކޮށްދީފައިވާ ކަމުގެ ލިޔުން        100.00 ރުފިޔާ

(25)                        ގެސްޓްހައުސް އިންސްޕެކްޝަން ކުރުމުގެ ފީ    100.00 ރުފިޔާ

(26)                        އައިޑީކާޑު ޚިދުމަތުގެ ފީ               100.00 ރުފިޔާ

(27)                        ސީވާދިނަސް ސެޓްފިކެޓް ހެދުމުގެ ފީ       100.00 ރުފިޔާ

(28)                        ފަސިންޖަރުންއުފުލުމުގެ ސެޓްފިކެޓް ހެދުމުގެ ފީ 100.00 ރުފިޔާ

(29)                        ބަރުމަރުކާ ސެޓްފިކެޓް ހެދުމުގެ ފީ         100.00 ރުފިޔާ

(30)                        ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސަރވޭ ކުރުމުގެ ފީ 100.00 ރުފިޔާ

   

 

 

ޖޫރިމަނާ:

  1.  

މިއުސޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާ މެދު، އެހެން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

މާނަ ކުރުން:

  1.  

(ހ)

ކައުންސިލް: މިޤަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް ބުނެފައި އެވަނީ،ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ ދަށުން  އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަށެވެ.

 

 

(ށ)

"އެޑްމިނިސްޓްރޭޓިވް ފީ" ކަމަށް ބުނެފައި އެވަނީ؛ އމަތިވެރީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުން ނެގޭ އިދާރީ ފީ އެވެ.

 

 

(ނ)

"ފޯމް" ކަމަށް ބުނެފައި އެވަނީ؛ އއ.މަތިވެރީ ކައުންސިލުން ޚިދުމަތް ހޯދުމަށް ދޫކުރާ ފޯމްގެ ވާހަކައެވެ.

                                               

 

 

 

ވީމާ، މިކަންކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ.

                  09 ޖުމާދަލްއޫލާ 1442

                 

 

                                                      

                                                      

31 ޑިސެންބަރު 2020
ހޯދާ