މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވިލިމާލޭގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލު ހިންގާނެ ފަރާތެއް ހޯދުން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

  1. ވިލިމާލޭގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ހިންގާ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލްހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2020 ޑިސެންބަރު 31 ން 2021 ޖަނަވަރީ 06 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ބިޑް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުމަށްފަހު 200/- (ދުއިސައްތަ) ރުފިޔާ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް2021 ޖަނަވަރީ07 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދެއްކުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ."ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު:https://forms.moe.gov.mv
  3. ބީލަމުގައި ބައިވެރިވުމަށް ފައިސާ ބަލައިގަންނާނީ 2021 ޖަނަވަރީ 03 ން 2021 ޖަނަވަރީ 07 ގެ 14:00 ގެ ކުރިން ނިޔަލަށްމިނިސްޓްރީ އޮފް ފިނޭންސްގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. ފައިސާ ދެއްކުމުގައި ޢަމަލުކުރަންވީ ގޮތް މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. 
  4. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv  އިން 2020 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 15,000/- (ފަނަރަ ހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.
  6. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2021 ޖަނަވަރީ 09 ވާ ވާ ހޮނިހިރު  ދުވަހުގެ  18:00ގެ ކުރިން، 9 ވަނަ ނަންބަރުގައިވާ އީމެއިލް އެޑްރެހަށެވެ.
  7. މި ޕްރޮޖެކްޓްގެ ޕްރީ ބިޑް މީޓިންގ އޮންނާނީ2021 ޖަނަވަރީ 10 ވާ އާދިއްތަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް 01 (ވެލާނާގެ 09 ވަނަ ފަންގިފިލާ) ގައެވެ.
  8. ޕްރޮޕޯސަލް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 01 ގައެވެ.
  9. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 8 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:3341436,3341409

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.moe.gov.mv

16 ޖުމާދަލްއޫލާ 1442

31 ޑިސެންބަރު 2020

 

31 ޑިސެންބަރު 2020
ހޯދާ