ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނޭ ފަރާތްތައް ހޯދުމާބެހޭ

ހޯރަފުށީގެ ޢިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނޭ ފަރާތްތައް ހޯދުމާބެހޭ

                      2021 ޖަނަވަރީ 10 ވަނަ ދުވަހުން ފެށިގެން 2021 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް ހޯރަފުށީގެ އިޖުތިމާޢީ ސަރަޙައްދުތައް، 03 ގްރޫޕަށް ބަހައި، އައުޓްސޯސް ކޮށްގެން ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މިރަށުގައި އިޖުތިމާޢީ ގޮތުން ސާފުކޮށް ބަލަހައްޓަންޖެހޭ ސަރަޙައްދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

#

ކުނިކަހަންޖެހޭ ސަރަޙައްދު

1

  • ބެރިންމަދޫމީހުން ހޯރަފުށީގައި ދިރިއުޅޭ ސަރަޙައްދުގައި ހިމެނޭ ޕްރީސްކޫލްއާއި، ޕާރކް ހިމެނޭ ތަނާއި، އަލަށް ހެދި ފުޓްބޯޅަސްޓޭޑިއަމް ވަށައިގެން 15 ފޫޓުގެ ފުޅާމިނުގައި (މަގުތަކުގައި) ހިމެނޭ ސަރަޙައްދާއި، ޗާލުނަޔާމަގުގެ ދެކުނުކޮޅުގައި ހިމެނޭ ސަރަޙައްދާއި ދަނަސްގޭގެ ހުޅަނގަށް އޮތް ފަޅުގެ.
  • މުރަނގަޖެހިމަގާއި ޗާލުނަޔާ މަގުގެ ހުޅަނގަށް އޮތް ސަރަޙައްދު (ހޭޅި ސަރަޙައްދު)
  • ހއ. އަތޮޅުމަދަރުސާގެ ހުޅަނގު އުތުރުކަނުން ފެށިގެން އަބޫބަކުރު މޫސާ މަގުގެ އުތުރަށް އޮތް މަގުގެ 2/1 ބައި(އިރަށް އޮތްއޮއި) ސަރަޙައްދާއި، ހއ. އަތޮޅުމަދަރުސާގެ އިރު އުތުރުކަނުން ފެށިގެން އޯކިޑުމަގުގެ އުތުރަށް އޮތް ސަރަޙައްދާއި، ސްޕޯޓްސް އެރީނާގެ އުތުރުން ބިޒްވިލްގެ ދެކުނުން އޮތް ގޯޅީގެ އެރީނާއަށް ވީ ބައިގެ 2/1 ބަޔައާއި، ބިޒްވިލްގެ ހުޅަނގުން އޮތް ހުސްބިންކޮޅާއި، އިބްރާހިމް ފައުޒީ ހިނގުމުގެ އުތުރުން ސްޕޯޓްސް އެރީނާގެ ދެކުނަށް އޮތް ސަރަޙައްދާއި، ބިޒްވިލް ގޯތީގެ ހުޅަނގުން އަބޫބަކުރު މޫސާމަގާއި ދެމެދުގައި އޮތް ސަރަޙައްދާއި ސުރިއްޔާ ޙުސައިނަށް ދޫކޮށްފައިވާ ގޯތީގެ ހުޅަނގު އުތުރު ކަނުން ފެށިގެން ހޭޅިއަށް.
  • އިންޖީނުގޭގެ އިރު އުތުރު ކައިރިން ފެށިގެން އާދަމް ސަލީމް ހިނގުމާއި ހަމައަށް ހުޅަނގަށް އޮތް ސަރަޙައްދު (ޕަންޕް ސްޓޭޝަން ހުރި ގޯތި ސަރަޙައްދު ފިޔަވައި) އަދި ބާޒްގެއާއި މާވެހިގޭގެ އިރުންއޮތް ރުއްގަނޑު ހިމެނޭ ސަރަޙައްދާއި ސަނޯރާގޭގެ އުތުރުން ޝައިން ގޭގެ ހުޅަނގުން އޮތް ހުސްބިން ކޮޅާއި، ޒަމާލިކުގެ އިރުން އޮތް ބިން.
  • މުރަނގަޖެހިމަގުގެ އިރު އުތުރު ކައިރިން ފެށިގެން (ކޮއްކޮމެންގެ ޕާރކާއި ވަށައިގެންވާ މަގުތަކުގެ 2/1 ހިމެނޭގޮތަށް) އިންޖީނުގޭ އުތުރު ކައިރިއާއި ހަމައަށް (ބަނދަރު ސަރަޙައްދުގައި) އޮތްބަޔާއި، ފަޅުގެ ހުރަސްތޮއްޓާ އިންޖީނުގޭ ގޯތީގެ ދެކުނުފާރާއި ދެމެދުން މަސްކަޑައިގެ ހުޅަނގު އިމާއި ހަމައަށް އޮތްބަޔާއި، ފަރީދީމަގުގެ އިރުއުތުރު ކައިރިން ފެށިގެން މާވިނަމަގުގެ އިރުދެކުނު ކައިރިން ފެށިގެން އިންޖީނުގޭގެ ހޮޅަނގު އުތުރު ކަންމަތިން ދެކުނަށް އޮތް ސަރަޙައްދާއި، ރަބީޢުމަންޒިލް ކިޔާގޭގެ އުތުރުން އޮތް ހުސްބިންކޮޅު.
    

2

  • މުރަނގަ ޖެހި މަގުގެ ދެކުނުން ފެށިގެން ބަގީޗާމަގުގެ އުތުރަށް، ހުޅަނގަށް އޮތް ގޮނޑުދޮށް ސަރަޙައްދާއި ހއ. ހޯރަފުށީ އަންނާރުގޭ އިރުން ހުރި ޢިމާރާތުގެ ވަށައިގެންވާ ސަރަޙައްދު.
  • މުރަނގަޖެހިމަގުގެ އިރުދެކުނު ކައިރިން ފެށިގެން (ކޮށްކޮމެންގެ ޕާކު ވަށައިގެންވާ މަގުތަކުގެ 2/1 ބަޔާއި ކޮށްކޮށްމެންގެ ޕާކު ކުރިމަތި) ބަގީޗާމަގާއި ހަމަޔަށް ބަނދަރު ސަރަޙައްދުގައި ހުސްކޮށް އޮތް ބަޔާއި، ބޮޑު ނިކަގަސް ހުރި ސަރަޙައްދުގައި ހުނަރު ގޯޅިއާއި، ބަހާރީ ހިނގުމާއި، ދެމެދު އިރުމަތީކޮޅުގައި ކައުންސިލްގެ އިދާރާ އެޅުމަށް ޚާއްޞަކޮށްފައި އޮތް ބިޔާއި ބަހާރީ ހިނގުމުން ފެށިގެން ބަގީޗާމަގާއި ދެމެދުގައިވާ ބަނދަރު ސަރަޙައްދު.
  • ހޯރަފުށީ އޯކިޑްމައިޒާނާއި، ރަށްވެހިގޭ ކުރިމަތީގައި 2 ހިރުނދުގަސް ހުރި ސަރަޙައްދާއި، އޯކިޑުވިލާ ޢިމާރާތް ހުރި ގޯއްޗާއި، އެގޯތީގެ ވަށައިގެން ހުރިމަގުތަކުގެ 2/1 ބައި ހިމެނޭ ސަރަޙައްދާއި ގަބުރުސްތާން ވަށައިގެން ހުރިމަގުތަކުގެ 2/1 ހިމެނޭ ސަރަޙައްދު.
  

3

  • ބަގީޗާ މަގާއި ދަރުމަވަންތަ މަގާއި، ދެމެދުން އެއްގަމު ތޮއްޓާއި ހަމައަށް އޮތް ސަރަޙައްދާއި، ހޯރަފުށީ ދަރުމަވަންތަ މަގާއި، ނޫވިލްމަގާއި ދެމެދު އެސް.ޓީ.އޯ ހޯރަފުށީ ފިހާރައިގެ އިރުމަތީ އިންފާރުން ފެށިގެން އިރުމަތީ ފަރާތު ހޭޅިފަށާއި، ހަމައަށް އޮތް ސަރަޙައްދާއި، ޙުސައިން މުޙައްމަދު ފުޅާއި އަޙްމަދު އިބްރާހިމަށް ދޫކޮށްފައިވާ ގޯތީގެ އިރަށް އޮތް ބިންކޮޅާއި ދެކުނު ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ މަގުތައް.
  • ބަގީޗާމަގުގެ ހުޅަނގު ދެކުނު ކަނުން ފެށިގެން ނޫވިލްމަގުގެ ހުޅަނގު އުތުރު ކަނާއި ހަމައަށް ހުޅަނގަށް (މަސްޖިދުލް ފުރުޤާންގެ ހުޅަނގު ކޮޅުގައި އޮތް ހުސްބިން ހިމެނޭ ގޮތަށް) އޮތް ސަރަޙައްދާއި، ނޫވިލްމަގުގެ ހުޅަނގު ދެކުނުން ގޮނޑުދޮށާއި، ހަމައިން ފެށިގެން ކުރީގެ ބައުފާލަމާއި ހަމައަށް ހުޅަނގުމަތީ ފަރާތުގައި އޮތް ސަރަޙައްދާއި، އޯކިޑުމަގުގެ ދެކުނުކޮޅުގައި ކާނި ކިޔާ ގޯތީގެދެކުނު އިންފާރާއި ހަމައިން ދެކުނަށް (ކުރީގެ ގާ ފާލަން) އޮތް ސަރަޙައްދާއި، އޯކިޑްމަގުގެ ދެކުނުކޮޅު ގާފާލުމުގެ އިރަށް ކަތީބު ކަލޭފާނުމަގާއި ހަމައަށް ގޮޑުދޮށާއި ހަމައަށް އޮތް ސަރަޙައްދާއި ކުރީގެ މާހޯރަ ސިނަމާ ހުރި ގޯތީގައި ދެކުނުން ހުސްކޮށްއޮތް ބިން ހިމެނޭ ސަރަޙައްދާއި ކައުންސިލްގެ އިދާރާގެ ކުރިމަތީ އޮތް ހުސްބިން އަދި ހއ. ހޯރަފުށީ އަންނާރުގޭ އިރުން ހުރި ޢިމާރާތުގެ ވަށައިގެންވާ ސަރަޙައްދު.
  • ސައުތް ފިއުލް ސަރވިސް ދެކުނުން އޮތް ހުސްބިމާއި ފެން ޕްލާންޓުގެ ދެކުނުން އޮތް ސަރަޙައްދު
  • ފިޝްވިލެޖުގެ ހުޅަނގު ކަންމަތިން ފެށިގެން ސޯމާ އަޙްމަދު ރަޝީދަށް ދޫކޮށްފައިވާ ގޯތީގެ ދެމުދުގައިވާ ރުއްގަނޑު ހިމެނޭ ސަރަޙައްދާއި ފިޝްވިލެޖްގެ ކުރިމަތީ އޮޑި އެހެލާ ސަރަޙައްދު.
   

                    ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު،އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

03 ޖަނަވަރީ 2020

އާދިއްތަ

11:00 (ހެނދުނު)

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން

05  ޖަނަވަރީ 2021

އަންގާރަ

11:00 (ހެނދުނު)

                                   އަދި މި މަސައްކަތް ޙަވާލު ކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްއެދި ހުށަހަޅާފައިވާ އަންދާސީ ހިސާބު ވަޒަންކުރުމަށް ފަހު، އެކަމަށް އެންމެ އެކަށީގެންވާ ފަރާތްތަކެއް ހޮވާ، އެފަރާތްތަކާއި މި އިދާރާއާއި، ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

                    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޑިސެންބަރު 2020
ހޯދާ