މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނީލަންކިޔުން

Ref:  MTCC-TD/IU/2020/0357

30 ޑިސެމްބަރ 2020       Date:

އިޢުލާން

             މިކުންފުނީގެ މާލޭރެންޓަލްސް ސައިޓް ގައިހުރި (ގާތްގަނޑަކަށް) 7 ޓަނުގެ ބާދަނގަޑުތަކެއްވަނީ ޙާއްސަ ނީލަންގައި ވިއްކާލުމަށް ނިންމާފައެވެ. އަދި މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.  

1-       ނީލަން ކިއުން އޮންނާނީ 05 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން ގެ، ފުރަތަމަ ފަންގިފިލާ  ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު )ގައެވެ.

2-       މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 03 ޖެނުއަރީ 2021 ވާ އާދިއްތަ ދުވަހުގެހެދުނު 09:00 އިން 11:00 އަށް ތަކެތި ބެއްލެވުމަށް އެމް.ޓީ.ސީ.ސީ ރެންޓަލްސް ސައިޓަށް ވަޑައިގެން)  9766779 ގުޅުމުން) ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަދަންނަވަމެވެ.

3-       މި ނީލަމުގައި ބައިވެރިވެވޭނީ އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަންގަ ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައެވެ.

4-       މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް -/5,000ރ (ފަސްހާސް ރުފިޔާ) އެމް.ޓީ.ސީ.ސީގެ ބެންކް         އެކައުންޓް ނަންބަރ  003-100668-7701 އަށް 04 ޖެނުއަރީ 2021 ވާ ހޯމަހުގެ ހެދުނު 9:00 އާއި 11:00 ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 11:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

5-       ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް، އަގަބަހުން ނެވެ.

6-       ނީލަން ފެށޭނީ ޓަނަކަށް -/1000 ( އެއްހާސް ރުފިޔާގެ )  ރޭޓުން) 7,000.00  ހަތްހާސް ރުފިޔާ) އިންނެވެ.

7-       ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.

8-       ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.      

9-       ނީލަންނިމޭތާ 05 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ،

10-   ތަކެތި ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 16:00 އަށެވެ.

11-   7 ޓަނަށް ވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ޓަނުގެ ފައިސާ ދައްކާ ޙަލާސް ކުރަންވާނެއެވެ. އަދި 7 ޓަނަށް ވުރެ މަދުވާނަމަ މަދުވާ އަދަދު ރީފަންޑް ކޮށްދޭނެއެވެ.

12-   މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001251ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

                   30 ޑިސެމްބަރ 2020

30 ޑިސެންބަރު 2020
ހޯދާ