މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑެޕިއުޓީ މެނޭޖަރ، ލާޖް ޓެކްސްޕޭޔަރ އޮޑިޓް (މެނޭޖަރ، M1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ރިޓަރން ޕްރޮސެސިންގ (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، އިންޓަރނޭޝަނަލް ޓެކްސޭޝަން (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، އެންފޯސްޑް ކަލެކްޝަން (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1

 

ވަޒީފާގެ ފުރުޞަތު

 

މި އޮތޯރިޓީއަށް ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ޑެޕިއުޓީ މެނޭޖަރ، ލާޖް ޓެކްސްޕޭޔަރ އޮޑިޓް (މެނޭޖަރ، M1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ލާޖް ޓެކްސްޕޭޔަރ އޮޑިޓް ޑިޕާޓްމަންޓް / ލާޖް ޓެކްސްޕޭޔަރ އޮޑިޓް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/10,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/200 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކަންޖެހޭ އެންމެހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުން

ޝަރުޠު:

އެކައުންޓިންގ އާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ / އޭ.ސީ.ސީ.އޭ މެމްބަރޝިޕް ނުވަތަ ސީ.އައި.އެމް.އޭ ނިންމާފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ

އެކައުންޓިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ / އޭ.ސީ.ސީ.އޭ އެފިލިއޭޓް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، ރިޓަރން ޕްރޮސެސިންގ (އޮފިސަރ، SO1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ރިޓަރން ޕްރޮސެސިންގ ޑިވިޜަން / ރިޓަރން ޕްރޮސެސިންގ ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ރިޓަރންތައް ޗެކްކޮށް ސިސްޓަމުން ޕްރޮސެސްކުރުމާ ގުޅޭ މަސައްކަތްތައްކުރުން

ޝަރުޠު:

އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، އިންޓަރނޭޝަނަލް ޓެކްސޭޝަން (އޮފިސަރ، SO1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް:

ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / ޕްލޭނިންގ ޑިވިޜަން / އިންޓަރނޭޝަނަލް ޓެކްސޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް މުއާހަދާތައް ތައްޔާރުކުރުމާއި ދިވެހިރާއްޖެއިން ބޭރުގެ ޓެކްސް އިދާރާތަކާއި ޓެކުހާގުޅޭ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކާއެކު މުޢާމަލާތްކުރުމާއި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތްކުރުން

ޝަރުޠު:

 އެކައުންޓިންގ، ބިޒްނަސް ނުވަތަ ޓެކްސޭޝަން އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، އެންފޯސްޑް ކަލެކްޝަން (އޮފިސަރ، SO1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް:

އެންޕޯސްމަންޓް ޑިޕާޓްމަންޓް / އެންފޯސްޑް ކަލެކްޝަން ޑިވިޜަން

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާއަށް ލިބެންޖެހޭ ޓެކުހާއި އަދި އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުން އެ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މީރާއަށް ބަލައިގަންނަ ފައިސާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާއެއް ނެތްކަން ނުވަތަ ޓެކްސް ކްލިއަރަންސް ޗެކުކުރުމުގެ މަސައްކަތް ކުރުން

ޝަރުޠު:

އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

  

މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. މިހާރު ވަޒީފާއެއްގައި އުޅޭނަމަ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. މީގެ ކުރިން ވަޒީފާއެއްގައި އުޅެފައިވާ މީހެއްނަމަ އެ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  5. ކަރިކިއުލަމް ވިޓާ (ސީވީ)
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)

ނޯޓް:

-  މަތީގައިވާ މަގާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަގާމަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 7 ޖަނަވަރީ 2021 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

12 ޖުމާދަލްއޫލާ 1442

 

 

 

 

 

 

27 ޑިސެންބަރު 2020
ހޯދާ