ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2021 ވަނަ އަހަރު މިސްކޫލްގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 29 ޑިސެމްބަރ 2020 އިން 31 ޑިސެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 31 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 03 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހު 11:00 ގައި މިސްކޫލްގައެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި މިސްކޫލްގައެވެ. 
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޕްރޮގްރާމްގައި ބައިވެރިވުމަށް ނަންނޯޓުކުރައްވާ ފަރާތްތަކަށް މިސްކޫލްގެ އިދާރާއިން އީމެއިލް އިން ފޮނުވައިދޭނެއެވެ.
  7. އިތުރު މަޢުލޫމާތު ރަސްމީގަޑީގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ސ.އަތޮޅު މަދަރުސާ

    ސ.ހުޅުދޫ މީދޫ

    ފޯން: 6895679

    އީ-މެއިލް: [email protected]

28 ޑިސެންބަރު 2020
ހޯދާ