މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ 1000 ފްލެޓް، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ އިދާރާތަކަށް އެލޮކޭޓް ކުރެވިފައިވާގޮތް

"ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަކޮށްފައިވާ ކެޓަގަރީ އަށް އެލޮކޭޓްކޮށްފައިވާ 1000 ފްލެޓް، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ހުރިހާ އިދާރާތަކަކަށް އެލޮކޭޓްކޮށްފައިވާގޮތް މި އިޢުލާނާއެކު ޢާންމުކުރީމެވެ.

2018 ވަނަ އަހަރު އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކި އިދާރާތަކަށް ފޮނުއްވާފައިވާ ދާއިމީ ލިސްޓްތަކުގައި ޖުމްލަ އެވޯޑް ކޮށްފައިވަނީ 987 ފްލެޓެވެ. 2018 ވަނަ އަހަރު ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީއިން، އެކި އިދާރާތަކަށް އެވޯޑްކޮށްފައިވާ ފްލެޓްތަކުގެ ތަފްސީލް މި އިޢުލާނާއެކުވާ ތާވަލު 1 ގައި އެވަނީއެވެ.

އޭރު މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރައްވާ ސިވިލް ސާވަންޓުންގެ ފޯމުތައް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް ފޮނުވާފައިވީނަމަވެސް، ފްލެޓް އެވޯޑްކުރުމަށްފަހު އެ ކައުންސިލަށް ދާއިމީ ލިސްޓު ފޮނުވާފައިނުވެއެވެ. އެހެންކަމުން ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ އެލޮކޭޝަންގައި، އޭރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކި އިދާރާތަކަށް އެވޯޑްކޮށްފައިވާ ފްލެޓްތަކުގެ އިތުރުން، މިފަހަރު މާލޭ ސިޓީ ކައުންސިލަށް 6 ފްލެޓް އެލޮކޭޓްކުރެވިފައިވާނެއެވެ. އަދި މި ކެޓަގަރީއަށް ޚާޢްސަކޮށްފައިވާ 1000 ފްލެޓްގެ ތެރެއިން ބާކީވާ 7 ފްލެޓް، ކުރިން އެކި އިދާރާތަކަށް ފްލެޓް އެވޯޑްކޮށްފައިވާ ނިސްބަތުން ބަހާލެވިފައިވާނެއެވެ. ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީއަށް ކަނޑައަޅާފައިވާ 1000 ފްލެޓް އެކި އިދާރާތަކަށް މިހާރު އެލޮކޭޓްކުރެވިފައިވާގޮތުގެ ތަފްސީލް މި އިޢުލާނާއެކުވާ ތާވަލު 2 ގައި އެވަނީއެވެ.

ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ އެލޮކޭޝަން، އެއްވެސް އިދާރާއަކަށް ކުރިން ފްލެޓް އެވޯޑްކުރެވިފައިވާ އަދަދަށްވުރެ މަދު ކުރެވިފައިނުވާނެ ކަމުގައި ދަންނަވަމެވެ.

                     ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

 

 

 

28 ޑިސެންބަރު 2020
ހޯދާ