ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޯރދާން އޮފީސް ކޮމްޕްލެކްސް އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ނޯރދާން އޮފީސް ކޮމްޕްލެކްސް އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 28 ޑިސެމްބަރ 2020 (ހޯމަ) ދުވަހުގެ 08:00 ން ފެށިގެން 03 ޖަނަވަރީ 2021 (އާދީއްތަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  • މައުލޫމާތު ދިނުން – 5 ޖަނަވަރީ 2021 ވާ (އަންގާރަ) ދުވަހުގެ 09:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 12 ޖަނަވަރީ 2021 ވާ (އަންގާރަ) ދުވަހުގެ 09:00 ގައި

މަޢުލޫމާތު ދިނުން އޮންލައިކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް، އަދި އޮންލައިންކޮށް ބައިވެރިނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑީގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ފޯރުކޮށްދެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

27 ޑިސެންބަރު 2020
ހޯދާ