އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. އަތޮޅުގައި ގެސްޓް ހައުސް ހުލުވާފައި ހުރި ރައްރަށާގުޅޭ

އިޢްލާން

 

އދ. އަތޮޅުގައި ގެސްޓް ހައުސް ހުލުވާފައި ހުރި ރައްރަށާގުޅޭ

މިއަތޮޅުގައި މިވަގުތު ގެސްޓް ހައުސް ހުޅުވާފައިވާ ރައްތަކުގެ މައުލޫމާތު ތިރީގައި އެވަނީ އެވެ.

  1. އދ. އޮމަދޫ
  2. އދ. ހަންޏާމީދޫ
  3. އދ. ދަނގެތި
  4. އދ. ދިގުރައް
  5. އދ. މާމިގިލި

                ގެސްޓް ހައުސް ހުޅުވާފައިވާ ރައްރަށާއި އަދި ގެސްޓް ހައުސް ހުލުވާފައި ނުވާ ރައްރަށާމެދު އާނމު އުޞޫލުން ދަތުރު ފަތުރުކޮށް ހެދުމަކީ މަނާ ކަމެއްކަމުގައި ދަންނަވަމެވެ. ނަމަވެސް ހާއްސަ ހާލަތެއް ދިމާވެގެން އަންނަނިވި ބޭނުންތަކަށް ގެސްޓްހައުސް ހުޅުވިފައިވާ ރައްރަށާއި އަދި ގެސްޓް ހައުސް ހުޅުވިފައި ނުވާރައްރަށާ ދެމެދު ދެރަށުގެ ކައުންސިލަށް އަންގާ ހުއްދަ ނަގައިގެން ދަތުރު ކުރެވިދާއެވެ.

  1. ސިއްހީ ހިދުމަތް ހޯދުމަށް
  2. ބޭންކްގެ ހިދުމަތް ހޯދުމަށް
  3. ސުކޫލަށް ޤަވާއިދުން ދިއުމަށް
  4. ވިޔަފާރި ބޭނުމަށް (ރަށުގައި އުފައްދާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް)
  5. ކޯޓަށްދިއުން / ހާޒިރުވުމަށް

              ވީމާ މިރަށުގެ ރައްޔިތުން ގެސްޓް ހައުސް ހުޅުވާފައިވާ ރަށްރަށަށް އާނމުކޮށް ދަތުރު ނުކުރުމަށާއި ކޮންމެހެން ޒަރޫރީ ބޭނުމަކު ގެސްޓް ހައުސް ހުޅުވިފައިވާ ރަށަކަށް މި އިއުލާންގައި ބަޔާންކުރެވިފައިވާ ބޭނުމަކު ދަތުރު ކުރައްވަންޖެހިއްޖެ ނަމަ މިކައުންސިލަށް އަންގާ ހުއްދަ ނަންގަވައިގެން އަދި ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވައިގެން  ދަތުރު ކުރެއްވުމަށް ދަންނަވަމެވެ. އަދި ގެސްޓް ހައުސް ހުޅުވާފައިވާ ރައްރަށުގެ ރައްޔިތުން މަތީގައިބަޔާންކުރެވިފައިވާ ބޭނުމަކު މިރަށަށް ދަތުރު ކުރައްވާނަމަ އެރަށެއްގެ ކައުންސިލް މެދުވެރިކޮށް މިކައުންސިލަށް އެކަން އެންގެވުމަށްފަހު ދަތުރު ކުރެއްވުމަށް ދަންނަވަމެވެ.

   2 ރަބީޢުލްއައްވަލް 1442                              

                 27 ޑިސެންބަރު 2020

 

           މޫސާ އަލީ

          ނައިބް ރައީސް

 

27 ޑިސެންބަރު 2020
ހޯދާ