ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2021 ވަނަ އަހަރު ވައި.ޑީ.ޕީ ކުރިޔަށްގެންދިޔުމާ ގުޅޭ

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، 2021 ވަނަ އަހަރުވެސް ވައި.ޑީ.ޕީ ކުރިއަށް ގެންދިޔުމަށް މި އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. އަދި ވައި.ޑީ.ޕީ ފެށުމަށް ހަމަޖެހިފައިވަނީ 15 ޖެނުއަރީ 2020 އާ 20 ޖެނުއަރީ 2020 އާ ދެމެދު ކަމުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. ވައި.ޑީ.ޕީ ގެ ފަރިތަކުރުންތަކުގެ ތާވަލު ތިރީގައި މިވަނީއެވެ. މިގޮތުން އަންހެން ކުދިންގެ ފަރިތަކުރުންތައް ކުރިޔަށްދާނީ ކޮންމެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހު އެވެ. އަދި ފިރިހެންކުދިންގެ ފަރިތަކުރުންތައް ކުރިޔަށްދާނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.

ގަޑި

ވައި.ޑީ.ޕީ ފަރިތަކުރުން

ޖޫނިއަރ ޕޫލުގެ ފަރިތަކުރުން

ހެނދުނު

09:00 އިން 10:30 އަށް

-

މެންދުރު ފަހު

14:00 އިން 15:30 އަށް

-

ހަވީރު

-

16:00 އިން 18:15 އަށް

 

ވީމާ، 2021 ވަނަ އަހަރު ވައި.ޑީ.ޕީ ގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް، އެސޯސިއޭޝަންގެ ވައި.ޑީ.ޕީ ޕޫލުގައި ރަޖިސްޓަރީ ކުރުން ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. އެހެންކަމުން ވައި.ޑީ.ޕީ ޕޫލުގައި ރަޖިސްޓަރީ ވާން ބޭނުންވާ ދަރިވަރުން ބީ.އޭ.އެމް ގެ އާއްމު މެންބަރުން ރަޖިސްޓަރީވުމަށް އެދޭ ފޯމު ހުޅަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ. އާއްމު މެންބަރުން ރަޖިސްޓަރީވުމަށް އެދޭ ފޯމު މި އިޢުލާނާއެކު އެއްކަރުދާސްކުރީމެވެ. އަދި މި ފޯމު ރަސްމީ ގަޑީގައި އެސޯސިއޭޝަން އިން ލިބެން ހުންނާނެއެވެ.

 

2020 ވަނަ އަހަރު ވައި.ޑީ.ޕީ ގައި ރަޖިސްޓަރީ ވެފައިވާ ދަރިވަރުން އަލުން ރަޖިސްޓަރީ ވާން ނުޖެހޭނެކަން ހަނދުމަކޮށްއަރުވަމެވެ. ނަމަވެސް ކާޑު އާކުރުމަށްޓަކައި އެސޯސިއޭޝަނަށް ސްޓޭމްޕް ސައިޒުގެ ފޮޓޯއެއް ގެނެސްދެއްވައި ފުރަތަމަ ކުއާޓަރގެ ފީ ދެއްކެވުމުން ކާޑު އާކޮށްދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިއެސޯސިއޭޝަންގެ ފޯނު ނަންބަރު 3314057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

27 ޑިސެންބަރު 2020
ހޯދާ