މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތިރީގައި މިދަންނަވާ މަގާމުތަކަށް ހުނަރުވެރި، ޤާބިލް އަދި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް

އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ

ބޭނުންވާ އަދަދު

34 (ތިރީސް ހަތަރެެއް)

މުސާރަ

-/5000 ރުފިޔާ

އިތުރު އިނާޔަތްތައް

  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35  (-/1,750 ރުފިޔާ)
  • ސަރވިސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/200 ރުފިޔާ
  • ކޮއްތުފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ
  • ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

މާލެ އާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތައް

މަޤާމުގެ ޝަރުޠު

ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން [ޑީ] ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މާއްދާއިން ދަށްވެގެން [ސީ] ފާސް ލިބިފައިވުން.

މަގާމުގެ މަސްއޫލިއްޔަތު

ކަސްޓަމްސް އޮފިސަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހައިފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)

 

 

  • މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން މި ސަރވިސްގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ރަސްމީ ލިޔުމެއް
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
  • މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް

ސުންގަޑި

07 ޖަނަވަރީ 2021 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް

ވަޒީފާއަށް އެދި ހުށަހެޅުން

  • ވަޒީފާތަކަށް އެދޭ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު  [email protected] އަށް އީމެއިލް ކުރުން އެދެމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރާނީ އެއް އީމެއިލެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށްފައެވެ. (އެއް ފައިލެއް ގޮތަށް)
  • ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ ބަލައިގަނެވޭނެއެވެ.

އެހެނިހެން ކަންކަން

  • މި މަގާމުތަކުގެ ތެރެއިން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ ކަސްޓަމްސް އޮފީސްތަކަށް (ހދ. ހަނިމާދޫ، ނ. މާފަރު، ގދ. ތިނަދޫ) މީހުން ހޮވުމުގައި އެ އޮފީހެއް ގާއިމުވެފައިވާ ރަށެއްގައި ރަޖިސްޓްރީވެފައިވާ އަދި އެ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މި މަޤާމްތަކަށް ހޮވޭނީ މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާދެމެދު މީހުންނެވެ. މި އިޢުލާނުގެ ބޭނުމަށް ޢުމުރުފުރާ ބަލާނީ 2021 ޖަނަވަރީ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.
  • މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ސަރވިސްގެ ވެބްސައިޓް  (www.customs.gov.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ.
  • މި މަގާމުތަކަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ ފޯމާއި، ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް ހަމަ ނުވާ އަދި ކިޔަން ނޭގޭވަރަށް ނުސާފުކޮށް ހުންނަ ފޯމުތަށް ބާޠިލުވާނެއެވެ.
  • މި މަގާމުތަކަށް މީހުން ހޮވާނީ، "އެސިސްޓަންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމްތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑުު" ގައިވާ ގޮތުގެ މަތިންނެވެ. މި މިންގަނޑު މި ސަރވިސްގެ ވެބްސައިޓުން (www.customs.gov.mv) ފެންނަން ހުންނާނެއެވެ.
  • މި މަގާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށް ބަލައި، މި މަގާމުތަކަށް މީހުން ހޮވުމަށްޓަކައި ބޭއްވޭ އިމްތިޙާނަށް ޝަރުޠު ހަމަވާ ފަރާތްތަކާއި އަދި އެއަށް ފަހު އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މައުލޫމާތު މި ސަރވިސްގެ ވެބްސައިޓް  (www.customs.gov.mv) ގައި ޝާޢިއުކުރެވި އަދި އެކަން އެންގުމަށްޓަކައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށް އިއުލާން ކުރެވޭނެވެ.

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3334250 އަދި 3334292 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

27 ޑިސެންބަރު 2020
ހޯދާ