ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނީގެ ވެހިކަލެއް މަރާމާތު ކުރަން ބޭނުންވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/100

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-42-20) PSM-GA /2020/189

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                މިކުންފުނީގެ ވެހިކަލެއް މަރާމާތު ކުރަން ބޭނުންވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2020/95 ނަންބަރ އިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ބައެއް ޕްރޮޕޯސަލްތަކުގައި އަސާސީ މަޢުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން އެއިޢުލާން  ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމަށް 2 ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.

  • ކާރު ދެއްކުން 31 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ޓީވީއެމް ގޯތިތެރޭގައި އޮންނާނެއެވެ. ގަޑިއަށް ޙާޒިރުނުވާ ނުވާ ފަރާތްތަކަށް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.  

         ވީމާ، ތިރީގައިވާ ދީފައިވާ މަޢުލޫމާތާއެއްގޮތަށް މިމަސައްކަތްކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މެއިލްއަށް  ޕްރޮޕޯސަލް މެއިލް ކުރެއްވުން އެދެމެވެ.

4937ނަންބަރު ކާރު ރަނގަޅު ޙާލަތަކަށް ގެންނަން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

  • ޝީޓް ދަށުގައި ކާޕެޓް ނެތުމުގެ ސަބަބުން ކާޕެޓް އެޅުން
  • ހުންގާނު ބާރުވާތީ ހުންގާނު ސިސްޓަމް ރަނގަޅުކުރުން
  • ކާރުގެ ވާތްފަރާތުގެ ހެޑްލައިޓް ބަދަލު ކުރުން
  • އޭސީ ސިސްޓަމް ރަނގަޅުކުރުން
  • ރޭޑިއޭޓަރ ހޮޅިތައް ބަދަލު ކުރުން
  • ވަޔަރު ހަނަސް ފިއުޒްބޮކްސް އާއި ކޮންޓްރޯލް ބޮކްސް އާއި އެކު ބަދަލު ކުރުން
  • ވިންޑް ސްކްރީން މަތިންފެންފައިބާތީ ރޫފް ޓިންކަރިން ކުރުން
  • ވާތްފަރާތު ވިންގާއި ދެކޮޅު ބަފަރާއި ބޮނަޓު ޕެއިންޓް ކުރުން
  • އަލިފާން ރޯވި ސަރަހައްދު ޓިންކަރ ކުރުމަށްފަހު ޕެއިންޓްކުރުން
  • އިންޖީނު އަޑީ މަޑުގާޑު އެޅުވުން
  • އިންޖީނުގެ މައުންޓުތަކާއި ގިޔަރު މައުންޓު ބަދަލު ކުރުން
  • ތަލިގަނޑުރަބަރާއި ޖޮއިންޓްތަކުގެ ރަބަރުތައް ބަދަލު ކުރުން
  • ހަތަރު ޝޮކާއި އޭގެ އިސްޕިރިން ބަދަލު ކުރުން

ނޯޓް:

  • މިއީ މަތިން ފާހަގަވާން ހުރި ކަންތައްތަކެވެ. ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ޗެކްކޮށް މަރާމާތު ކުރަންޖެހޭ ހުރިހާކަމަކަށް ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ.
  •  މައުލޫމާތު ދޭ ދުވަހު ވެހިކަލް އިތުރަށް ބެލުމުގެ އިންތިޒާމާއި މައުލޫމާތު ދިނުމުގެ ކަންތައްތަކުގައި ލޮޖިސްޓިކް ނަންބަރު 3000489 ށް ގުޅުއްވުން އެދެމެވެ.

 

ބިޑް ޕްރޮޕޯސްލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

1.1

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

 

ބިޑް ހުށަހަޅާ މަރުޙަލާގައި ،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

  • ކުންފުނި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި އަމިއްލަ ފަރުދުން،

1- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

2- މުއްދަތު: (މަސައްކަތް ނިންމާނެ މުއްދަތު ނުވަތަ ޑެލިވަރީގެ މުއްދަތު)

3- ބިޑްގެއަގު 500,000.00ރ. (ފަސްލައްކަރުފިޔާއިންމަތިންއަގުހުށަޅާނަމަ) 10,000.00ރ. ރުފިޔާގެ ބޭންކް ގެރެންޓީ  (ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.)

  • ކުންފުންޏެއްނަމަ،

4- ކޮމްޕެނީ ރަޖިސްޓްރީގެ ކޮޕީ:

5- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

6- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

  • އަމިއްލަ ފަރުދުންގެ ވިޔަފާރި،

7- ވިޔަފާރި ރަޖިސްޓްރީ / ތަކެތި ވިއްކުމުގެ ހުއްދައިގެ ކޮޕީ

8- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

9- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

  • އަމިއްލަފަރުދުން،

10-  މުދާ / ހިދުމަތް ދިނުމުގެ ހުއްދަ

11-  އައިޑީ ކާޑް ކޮޕީ

12-  ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

13-  ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް

 

1.2

ހުށަހަޅުއްވާ ބިޑްގެ އަގު 1 މިލިއަނަށްވުރެ މަތިވާނަމަ ، ބިޑް އިވެލުއޭޓްކޮށް، އެވޯޑްކޮށް އެފަރާތަށް އެންގުމުން ޕާރފޮރމަންސް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ.

  • ބިޑްއެވޯޑްވެއްޖެނަމަ،

1-  1,000.000.00  (އެއްމިލިޔަން) ރުފިޔާއަށްވުރެ މަތިނަމަ، ހުށަހަޅާއަގުގެ ދިހަ ޕަސެންޓް އަށްވާވަރު ބިޑްކާމިޔާބުކުރާފަރާތުން ޕާރފޯމަންސްސެކިއުރިޓީއެއް ، އެގްރީމެންޓްގައި ސޮއިކުރުމުގެކުރިން ހުށަހަޅަންވާނެއެވެ.  (ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ޕާރފޮމެންސް ސެކިއުރިޓީ ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަހެވެ.)                                                

2

 

އަގު/ އަންދާސީ ހިސާބު

  • އަގު / އަންދާސީ ހިސާބު ، ހުށަހަޅާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް

1-  އަގުހުށަހަޅަންވާނީ މަޢުލޫމާތު ކަރުދާހުގައިވާ ކަންކަން ބަޔާންކުރާ އުޞޫލުންނެވެ. (ހުށަހަޅާ އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ކަންކަން ފުރިހަމަކޮށް، ހުށަހަޅަންވާނެއެވެ.)

2- އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިން ޖީއެސްޓީ ހިމަނައިގެންނެވެ.

3- އަގު/އަންދާސީ ހިސާބު ހުށަހަޅާއިރު، ހުށަހަޅާ ކުންފުނި / އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަމާއި، ސޮއާއެކު ތައްގަޑުޖަހާފައި ކޯޓޭޝަން ހުށަހަޅަންވާނެއެވެ.

4- ޕްރޮޕޯސަލް ގެ ވެލިޑިޓީ މުއްދަތު: (ބިޑްހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ  މުއްދަތު)

 

3

 

ޕޮއިންޓް ދިނުން

  • މި ކަމަށް ހުށަހަޅާ ޕްރޮޕޯސަލްތަކަށް ޕޮއިންޓު ދޭނީ އަންނަނިވި އުސޫލުންނެވެ.

1. އަގު:                   65 ޕޮއިންޓް

2- ޑެލިވަރީ މުއްދަތު:           25 ޕޮއިންޓް

3- ކަމާ ގުޅުންހުރި ތަޖްރިބާ:       05 ޕޮއިންޓް

4- ފައިސާ ދެއްކުމަށް ދެވޭ މުއްދަތު : 05 ޕޮއިންޓް

4

 

ސުންގަޑި:

  • 05 ޖެނުއަރީ  2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

5

 

ބިޑް ނުވަތަ މަސައްކަތް އެވޯޑްކުރުން

  • ޕީއެސްއެމްގެ ބިޑްކޮމެޓީން ޕްރޮޕޯސްލަތައް އިވެލުއޭޓްކޮށް ނިމުމުން ބިޑް އެވޯޑް ކުރެވޭ ފަރާތް ،ފަރާތްތަކާއި، ޕީއެސްއެމް އާދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ޙަވާލުކުރެވޭނެއެވެ.

6

 

މަސައްކަތް ޙަވާލުކުރުން

  • ޕްރޮޕޯސަލްތައް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތީމާކްސް ލިބޭ ފަރާތާ/ ފަރާތްތަކާ މަސައްކަތް ޙަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

7

 

ޕްރޮޕޯސަލް ބަލައިގަންނާނީ ދެވިފައިވާ މެއިލް އެޑްރެސްއިންނެވެ.

 

 

                 12 ޖުމާދުލްއޫލާ 1442   

                 27 ޑިސެމްބަރ 2020  

27 ޑިސެންބަރު 2020
ހޯދާ