ހަނިމާދޫ މެޖިސްޓްރޭޓް ކޯޓް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު ފާޙާނާތައް މަރާމާތުކޮށްދޭނެ ފާރަތެއް ހޯދުމަށް

އިޢުލާން

(ނަންބަރު:B3C/2020/06)

މިކޯޓުގެ ފާޚާނާތައް މަރާމާތުކުރުމަށް ބޭނުންވާތީ މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 04 ޖެނުއަރީ 2021 ވާ ހޯމަ ދުވަހު ހެނދުނު 11:30 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  12 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހު ހެނދުނު 11:30 އަށް މިކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

            05 ޖުމާދަލްއޫލާ 1442 

            27 ޑިސެމްބަރ 2020

 

 

                          

 

27 ޑިސެންބަރު 2020
ހޯދާ