މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ގްރީން ކްލައިމެޓް ފަންޑްގެ ކަންޓްރީ ކޯޑިނޭޝަން ގްރޫޕްގައި ތަމްސީލުކުރާނެ ކްލައިމެޓް ދާއިރާގެ ފަންނީ ތަޖުރިބާކާރެއް ހޯދުން

މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ހިންގޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް އެހީދިނުމަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ ދިވެހިރާއްޖޭގެ ނޭޝަނަލް ޑެޒިގްނޭޓަޑް އޮތޯރިޓީ (އެން.ޑީ.އޭ) ގެ ހައިސިއްޔަތުން އަމަލުކުރާނެ އުސޫލު މި މިނިސްޓްރީން މިހާރުވަނީ އެކުލަވާލެވި، އަމަލުކުރަން ފަށާފައެވެ.

މި އުސޫލުގައިވާ ގޮތުގެ މަތިން، އެން.ޑީ.އޭ އަށް ލަފާއެރުވުމަށް ކަންޓްރީ ކޯޑިނޭޝަން ގްރޫޕެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ގްރޫޕްގައި ކަމާގުޅުންހުރި ތަފާތު ދާއިރާތަކުން މަންދޫބުން ތިއްބަވާނެއެވެ. މިގޮތުން، މި ދެންނެވި ކޯޑިނޭޝަން ގްރޫޕްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާގެ ފަންނީ ތަޖްރިބާކާރެއްވެސް ހިމެނުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން، ހިމެނިވަޑައިގަންނަވާ ތަޖުރިބާކާރަށް އުޖޫރައެއް ލިބިވަޑައެއް ނުގަންނަވާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 7 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ވަނަވަރާއި، އައ.ޑީ ކާޑުގެ ކޮޕީ ހިމެނޭގޮތަށް ސިޓީއަކުން މިމިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލުންނަމަ، ފޮނުއްވާނީ އެދުވަހުގެ ރޭ 12:00 ގެ ކުރިން [email protected] މި އެޑްރެހަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3018486 އަށެވެ.

ކަންޓްރީ ކޯޑިނޭޝަން ގްރޫޕްގެ މަޢުލޫމާތު ހިމެނޭ މެނުއަލް އަދި ތަޖުރިބާކާރުގެ މަސައްލަތު ތަފްސީލު މި އިޢުލާނާއެކު މި ވަނީއެވެ.

22 ޑިސެންބަރު 2020
ހޯދާ