ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
2021 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

   ތާރީޚް: 24 ޑިސެމްބަރ 2020                           ނަންބަރ : GS209/IUL/2020/10

އިޢުލާން

2021 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

2021 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު:GS209/IUL/2020/07 ( 24 ނޮވެމްބަރ 2020 )ގެ އިޢުލާނާއި ގުޅިގެން އެކަމަށް ޝައުޤުވެރިވި ފަރާތްތަކުން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެބީލަންތައް ބާތިލުކޮށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

  2021 ވަނަ އަހަރުގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ސްކޫލްއޮފީހަށް ދުރުވެ ނަން ނޯޓްކުރެއްވުން އެދެމެވެ.

 

27 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 04 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

     މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީ،ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

05 ޖެނުއަރީ 2021

އަންގާރަ

މައުލޫމާތު ސާފްކުރުން

09:00

ފިޔޯރީ ސްކޫލް

14 ޖެނުއަރީ 2021

ބުރާސްފަތި

އަންދާސީ ހިސާބްހުށަހެޅުން

09:00

ފިޔޯރީ ސްކޫލް

 

 

 

 

 

 

މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

 

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

ފިޔޯރީ ސްކޫލް

ގދ.ފިޔޯރީ

ފޯން: 7983086

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފިޔޯރީ ސްކޫލުގެ  ގެ ނަންބަރު 7983086   ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެސްއަކީ [email protected] އެވެ. އަދި މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ޑިސެންބަރު 2020
ހޯދާ