މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

`

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

    މާލެ، ދިވެހިރާއްޖެ     

           

   ތާރީޚް: 23 ޑިސެންބަރު 2020                            ނަންބަރު :IUL) 22-EDF/22/2020/138) 

ވަޒީފާގެ ފުރުޞަތު 

މަޤާމު:

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (2 އަހަރުން ރިވިއުކުރެވޭ)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ނޮންޕްރެކްޓިސް އެލަވަންސް މުސާރައިގެ %35
  2. ރިސްކް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކު -/25ރުފިޔާ
  3. ފޯން އެލަވަންސް މަހަކު -/200 ރުފިޔާ
  4. ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ހަމަޖެހޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ފަންޑަށް ލިބޭ ފައިސާ އޮންލައިންކޮށް ބަލައިގަތުން
  2. ފަންޑަށް ލިބޭ ފައިސާ ބަލައިގަތުމާއި އެމް.އެމް.އޭ އަށް ފައިސާ ޖަމާކުރުން
  3. ފަންޑަށް ލިބޭ އާމްދަނީ ފައިސާގެ ރެކޯޑްތައް ބެލެހެއްޓުން
  4. ޕެޓީކޭޝް ބެލެހެއްޓުމާއި ޕެޓީކޭޝް ގެ ރެކޯޑްތައް ބެލެހެއްޓުން
  5. ތިޖޫރީއާއި ތިޖޫރީގެ ހިސާބު ބެލެހެއްޓުން
  6. ފަންޑަށް ލިބޭ ފައިސާގެ ރަޖިސްޓަރީ ބެލެހެއްޓުން
  7. ފަންޑަށް ލިބޭ އާމްދަނީ ފައިސާގެ ދުވަހު ހިސާބާއި މަސްދުވަހުގެ ހިސާބު އަދި އަހަރުދުވަހުގެ ހިސާބު ތައްޔާކުރުން.
  8. ފަންޑުގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓްކުރުމުގައި އެހީތެރިވެދިނުން.
  9. ފަންޑަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، ތަޢުލީމީ ފަންޑުގެ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވުން
  10. ފަންޑުގެ އިމާރާތްތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ ނޯޓިސްފަދަ ތަކެތި ލިޔެ ތައްޔާރު ކޮށް ފޮނުވުން
  11. ޕޭމަންޓް ޕޯޓެލްއަށް އައު ކަސްޓަމަރުން އަހުލުވެރި ކުރުމުގެ މަސައްކަތް ކުރުން
  12. ޖޭވީތައް ތައްޔާރުކޮށް ސެޕަށް އެންޓަރ ކުރުން
  13. މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން   

މަޤާމުގެ ޝަރުޠުތައް:

  1. އެސިސްޓެންޓް އެކައުންޓްސް އޮފިސަރ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެފައިވުން ، ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމް  އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ ކައުންޓަރުން / އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ އިން ލިބިވަޑައިގަންނަވާނެ )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމުގެ އަސްލު    
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ގެ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައި ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ މުއްދަތާއި މަސްޢޫލިއްޔަތު އެނގޭ ލިޔުންތައް ( އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ މޯބައިލް ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މިފަދަ ފަންޑެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  2. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
  3. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  4. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  5. އެކައުންޓިން ސޮފްޓްވެއަރ ސެޕް ސިސްޓަމް އެނގޭފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  6. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި އަދި ޝޯޓްލިސްޓްކުރުން:

  • މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން /އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑު ، އެދުރުހިޔާ  9 ވަނަ ފަންގިފިލާ ގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށައެޅުއްވުންއެދެމެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 30 ޑިސެންބަރު 2020 ވަނަ ދުވަހުގެ 13:30 އެވެ
  •  ނޯޓު:
  1. މި އިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ އިންޓަރވިއު އަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.
  2. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341232 ފޯނަށް ގުޅުއްވުން އެދެމެވެ.   
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހަށަހަޅާ ލިޔުންތަކަށް ޕޮއިންޓް ދެވޭނީ ހަމައެކަނި ވަޒީފާއަށް އެދޭ ފޯމުގައި ތައުލީމާއި ތަމްރީން އަދި ތަޖުރިބާގެ ބައިގައި ލިޔެ، ފޯމާއެކު ހަށަހަޅާފައިވާ ލިޔެކިޔުންތަކަށެވެ.
  4. މިއިއުލާނާއި ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސަވައި ދެވޭނެއެވެ.
  5. މި ވަޒީފާއަށް ހޮވޭ ފަރާތަކުން ވަޒިފާއަށް ހޮވުނުކަން އަންގާތާ 5 ދުވަސްތެރޭ ކުށުގެ ރެކޯޑް ފޯމް ފުރިހަމުކުރެއްވުމަށްފަހު މި މިނިސްޓްރީއަށް ހުށަހަޅުއްވަން ޖެހޭނެއެވެ.
 

 

23 ޑިސެންބަރު 2020
ހޯދާ