ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

ހަނިމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

         އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު

1 . ހަނިމާދޫ ކައުންސިލް އިދާރާގެ ގޯތިތެރެއާއި، ގޯތިތެރޭގައި ހުރި އިމާރާތްތަކާއި ރައްޔިތުންގެ ވެހިކަލް ގަރާޖާއި، އިދާރާގެ ގޯތީގެ ވަށައިގެންވާ އިންފާރުތައް ހިމެނޭގޮތަށް މީލާދީ 1 އަހަރުގެ މުއްދަތަށް ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

2 . މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެންބަރު 24 އިން 2020 ޑިސެމްބަރ 31 އަށް އަށް މިއިދާރާގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 . މިޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖަނަވަރީ 4 ވަނަ ދުވަހުގެ 11:00 ގައި  މި އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. 

4 . ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖަނަވަރީ  07 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

23 ޑިސެންބަރު 2020
ހޯދާ