ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.      

މަޤާމް:

އެސިސްޓަންޓް މެނޭޖަރ (ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް)

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

މަސައްކަތާއި ގުޅޭ ދާއިރާއަކުނެ ބެޗެލަރސް ޑިގްރީ، އަދި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ

ވަޒީފާގެ މަސްޢޫލިއްޔަތު:

ކުންފުނީގެ ސޭލްސް މަސައްކަތްތައް ބެލެހެއްޓުން.

ކަސްޓަމަރުންގެ ޕާރޗެސް އޯޑަރާއި އެއްގޮތަށް ޑެލިވަރީ ހަމަޖެއްސުން.

ތެލުގެ އަގަށް އަންނަ ބަދަލާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތް ބެލެހެއްޓުން.

މަހު މުސާރަ:

18،000 އާއި 19،000 ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 27 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، އެޓެސްޓެޑް ސެޓިފިކެޓް ތަކުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ (http://fuelmaldives.com/Home/Downloads.)

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.

22 ޑިސެންބަރު 2020
ހޯދާ