ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

 

ވަޒީފާގެ ފުރުޞަތު

އިޢުލާން ނަންބަރު:

IUL/TMCL-HR/2020/15

މަޤާމު:

އޮފީސް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

1

ވަޒީފާގެ ބާވަތް:

ކޮންްޓްރެކްޓް ބޭސިސް

(އެންމެ ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއަށްފަހު، މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.)

މަޤާމުގެ މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރައާއި އިނާޔަތްތައް ހިމަނައިގެން  8,355.00ރ
  • އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް:

  • ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
  • އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  • އޮފީހުގެ ސައިކޮޓަރިއާއި އެތަނުގައި ހުންނަ ފްރިޖް، މައިކްރޯވޭވް، ކޮފީ މެޝިން ފަދަ ތަކެތި ސާފުކޮށް ބެލެއްޓުން.
  • އޮފީހުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކާއި އިވެންޓްތަކަށް މީޓިންގ ރޫމްތައް ތައްޔާރުކުރުމާއި، އެފަދަ ބައްދަލުވުންތަކަށް ބޭނުންވާ ރިފްރެޝްމަންޓް ތައްޔާރުކުރުމާއި، އަދި ބައްދަލުވުން ނުވަތަ އިވެންޓް ނިމުމުން ތަށިތައް ނެގުމާއި މީޓިންގ ރޫމް  ސާފުކުރުން.
  • އޮފީހުގެ މެއިންޓެނަންސާއި މަރާމާތާގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
  • އޮފީހަށް ބޭނުންވާ ތަކެތި ގަތުމަށް ކޯޓޭޝަން ހޯދުމާއި، އޮފީހަށް ގަނެވޭ ތަކެތި އޮފީހަށް ގެނައުމުގައި އެހީތެރިވެދިނުން.
  • އޮފީހުގެ ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  • އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • އޮފީހުގެ ސާފުތާހިރުކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ސުޕަވައިޒަރު އަންގާ މަސައްކަތްކުރުން.
  • އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ދިވެހިބަހާއި އިނގިރޭސިބަހުން ލިޔަންކިޔަން ދަންނަ މީހެއް ކަމުގައިވުން.
  • މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
  • ޢުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވާ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
  • ރަސްމީ ގަޑީގެ އިތުރުން، އޮފީހުން ބޭނުންވާ ހާލަތްތަކުގައި ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑިތަކުގައި މަސައްކަތަށް ނިކުމެވޭނެ ފަރާތެއް ކަމުގައިވުން.
  • މޮޓޯރސައިކަލް ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށްވުން.

 

(ނޯޓު: މި މަޤާމަށް މުވައްޒަފުން ނެގުމުގައި އަމިއްލަ މޮޓޯރސައިކަލް ގެންގުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އެޕްލިކޭޝަން ހުށަހަޅާނެގޮތް

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން [email protected] އަށް އެޕްލިކޭޝަން އީމެއިލް ކުރެއްވުން އެދެމެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފޯމު މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.
  • ޑްރައިވިންގ ލައިސަންސްގެ ސާފު ކޮޕީއެއް.
  • ޕޮލިސް ރިޕޯޓު.
  • ވަނަވަރު.
  • ވަޒީފާއެއް އަދާކުރާނަމަ ނުވަތަ އަދާކޮށްފައިވާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ.

 

ނޯޓު: އިންޓަރވިޔުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

22 ޑިސެންބަރު 2020
ހޯދާ