ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކ.މާފުށިން ޕީއެސްއެމްއަށް ދޫކޮށްފައިވާ ބިން ސާފްކުރުމާއި ކަރަންޓްލުމާއި ފެންވަޅު ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/97

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-40-20) PSM-PJ /2020/9

 

 

 

އިޢުލާން

  •  ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                 އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖެތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން  ކ.މާފުށިން ޕީއެސްއެމްއަށް ދޫކޮށްފައިވާ ބިން ސާފްކުރުމާއި ކަރަންޓްލުމާއި ފެންވަޅު ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                 ކ.މާފުށިން ޑީ.ޓީ.ޓީ.ބީ.އެން.ޑީ ޕްރޮޖެކްޓް ހިންގުމަށް ސަރުކާރަށް ދޫކޮށްފައިވާ، 900 އަކަމީޓަރުގެ ބިން ސާފުކުރުމާއި، އެތަނުގައި ހުރި ރުއްގަސް ނަގައި، އެހެން ދިމާލެއްގައި އިންދުމާއި، ހުސްބިމަށް ކަރަންޓާއި ފެން ލައި، އެ ސަރަހައްދު ވަށައިގެން ފެންސް ޖެހުމުގެ މަޢުލޫމާތު

1. މަސައްކަތް ކުރިއަށް ގެންދިއުމުގައި އަމަލު ކުރަންވީގޮތް:

1.1.   ޕީ.އެސް.އެމް ބިމުގައިހުރި ރުއްތަކާއި، ގަސްތައް ނަގައި، ބިން ސާފުކުރުމުގެ ކުރިން މަސައްކަތް ފަށާ ތާރީހާއި، ނިންމާނެ ތާރީހެއް (ކަރަންޓީނު ވާންޖެހޭނަމަ އެދުވަސްތައްކަނޑާފައި) ޕީއެސްއެމް އަށް 2 ދުވަސް ކުރިން އެންގުން.

1.2.   ގަސް ކެނޑުމުގެ ކުރިން ރަށުގެ ގްރީން ބެލްޓް ނުވަތަ ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ރުއްގަހުން ފެށިގެން އެއްގަމަށް 20 މީޓަރުގެ ފުޅާ ސަރަހައްދަށް މި ބިމުގައި ހުރި ގަސް ނުވަތަ ރުއްތައް އަރާތޯ ބަލާ، އެކަން ޕީ.އެސް.އެމް އަށް އެންގުން.

1.3.   އީ.ޕީ.އޭގެ ގައިޑްލައިން އާއި އެއްގޮތަށް މަސައްކަތް ކުރުން.

1.4.   ގަސް ނެގުމުގެ ސަބަބުން އުފެދޭ ވަޅުގަނޑުތަކަށް ފަސް އަޅަން ޖެހޭނަމަ އެކަން ކުރާނީ ބިން ލެވެލް ކުރާއިރެވެ. އަދި ވެލި އަޅަންޖެހޭނަމަ ވެލި ހޯދަންވާނީ އީ.ޕީ.އޭ ގެ ގައިޑްލައިންތަކާ އެއްގޮތަށެވެ. އަދި، ކ. މާފުށީ އެއްވެސް ސަރަހައްދަކުން ނުވަތަ ފަޅުން މި މަސައްކަތަށް ވެލި ނަގައިގެން ނުވާނެއެވެ.

1.5.   ޕީ.އެސް.އެމް ގެ އިމުން ބޭރުގައި އެއްވެސް މެޝިނަރީއެއް ނުވަތަ އެއްވެސް ސާމާނެއް ނުބެހެއްޓުން.

1.6.   ރޭގަނޑުގެ ހަމަހިމޭންކަން ގެއްލޭ ގޮތަށް އެއްވެސް މަސައްކަތެއް ނުކުރުން.

1.7.   ޕީ.އެސް.އެމްގެ ހުއްދަ ނެތި، ރުއްގަސް ނެގުމުގެ އެއްވެސް މަސައްކަތެއް ހަފްތާގެ ބުރާސްފަތި ދުވަހު ނުކުރެވޭނެއެވެ.

1.8.   ގަސްތަކާމެދު އަމަލު ކުރެވުނު ގޮތުގެ ދުވަހު ލޮގެއް، އަދި އެދުވަހަކު (ރުއް/ގަސް ނެގިތަނާއި، ރުއް/ގަސް އިންދި ތަނުގެ) ފޮޓޯ ނަގައި، މި މަސައްކަތް ކުރާ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ޕީ.އެސް.އެމް އަށާއި ކ. މާފުށީ ކައުންސިލަށް ފޮނުވަންވާނެއެވެ. އަދި އެގޮތުން ޕީ.އެސް.އެމް އަށް ފޮނުވާ ތަފްސީލު ފޮނުވާނީ ތިރީގައިވާ އީމެއިލް އެޑްރެސް އަށެވެ.

2.  ރުއް ގަސް ނެގުމާއި، ބިން ސާފުކުރުން:

2.1.   ޕީއެސްއެމް ބިމުގައިހުރި ރުއްތަކާއި، ގަސްތައް ނަގައި ރަށު ކައުންސިލުން ދެއްކެވި ތަނެއްގައި ކައުންސިލުން ޤަބޫލް ކުރައްވާ ފެންވަރަށް ރުއްތަކާއި، ގަސްތައް އިންދުން.

2.2.   އެއްވެސް ސަބަބަކާ ހުރެ ރުކެއް ނުވަތަ ގަހެއް ކަނޑަންޖެހިއްޖެނަމަ، އެކަން ކުރިޔާލައި ޕީ.އެސް.އެމް އަށް އެންގުމަށްފަހު، ހުއްދަ ހޯދައިގެން ރުއް ނުވަތަ ގަސް ކަނޑައި، ރަށު ކައުންސިލުން ދެއްކެވި ތަނެއްގައި ކައުންސިލުން ޤަބޫލް ކުރައްވާ ފެންވަރަށް ކެނޑި ކޮންމެ ގަހަކަށް 2 ގަސް އަދި ކެނޑި ކޮންމެ ރުކަކަށް 2 ރުއް އިންދުން.

2.3.   ބިމުގެ ސަރަޙައްދު ކުނި ނަގާ އުކާލުމަށްފަހު ބިން ލެވެލްކޮށް އެއްވަރު ކުރުން.

2.4.   ލެވެލްކުރާއިރު އުފެދޭ ކުންޏާއި، ގައުފަދަ ތަކެތި ނަގާ އުކާލާ ބިން ސާފުކުރުން.

2.5.   ލެވެލްކުރާއިރު އުފެދޭ ކުންޏާއި، ގައުފަދަ ތަކެތި ނަގާ އުކާލާ ނުވަތަ ނައްތާލަން ޖެހޭނީ ކ. މާފުށީ ކައުންސިލް ގެ އިދާރާ ކަނޑައަޅާފައިވާ އުސޫލުގެ މަތިން އެކަނޑައަޅާފައިވާ ސަރަހައްދަކައް، އެކަނޑައެޅާފައިވާ ގޮތެއްގެ މަތިންނެވެ.

2.6.   އެއްވެސް ގަހެއް، ނުވަތަ ރުކެއް ކ. މާފުށި ން ބޭރު ނުކުރުން.

 3. އިން ވަކިކުރުން:

3.1.   ރަށު ކައުންސިލުން ކަޑަ ޖަހާދިނުމަށްފަހު، ކައުންސިލުން ޤަބޫލްކުރައްވާ ފެންވަރަށް ވަށައިގެން ފެންސް ޖަހައި ބިމުގެ އޭރިއާ ވަކިކުރުން.

 4. ކަރަންޓް ކޭބަލް އެޅުން:

4.1.   ކަރަންޓް ނަގާނީ، ގޯއްޗާއި އެއްމެ ކައިރީގައި ހުރި ސަރުކާރުގެ ޑިސްޓްރިބިއުޝަން ފޮށިންނެވެ.

4.2.   ކޭބަލް ވަޅުލުމަށް ކޯރު ކޮންނައިރު އެރަށެއްގައި ހަމަޖެހިފައިވާ ފުންމިނަށް ކޯރު ކޮންނަންވާނެއެވެ.

4.3.   ކޯރަށް ފަސްލާއިރު، އެރަށެއްގެ ޕަވަރ ހައުސްއިން ކަނޑައަޅާފައިވާ އުޞޫލުން ކޭބަލެއްއޮތްކަން އެނގޭނޭ ނިޝާން ކޯރުތެރޭން ފެންނަން އޮންނަން ވާނެއެވެ.

4.4.   ކޭބަލްގެ ސައިޒަކީ، 4 ކޯ 25 އެމްއެމްގެ އާމޯޑް 3 ފޭސް ކޭބަލެވެ.

4.5.   ކޭބަލް ޕީއެސްއެމް ގޯއްޗަށް ވައްދާނީ، މަގުމަތީ ޑިސްޓްރިބިއުޝަން ފޮއްޓާ އެއްމެ ކައިރި ދިމާލުންނެވެ.

4.6.   ކޭބަލްގެ ގޯތިތެރެއަށް ވަންނަ ކޮޅު ވެއްދުމަށްޓަކައި، އައުޓްޑޯރ ޑިސްޓްރިބިއުޝަން ފޮއްޓެއް ގޯތިތެރޭގައި ބެހެއްޓިފައި ހުންނަންވާނެއެވެ.

4.7.   ފޮއްޓަކީ، ތަޅުލެވޭ ފޮއްޓަކަށް ވާންޖެހޭނެއެވެ.

4.8.   ކޭބަލްގެ ކޮޅު ހުންނަންވާނީ، ފޮށީގެ އެތެރެއަށް ވައްދާފައެވެ. އަދި ކޭބަލްގެ ދެކޮޅު އިންސްލޭޝަން ކުރަންވާނެއެވެ.

4.9.   ޑިސްޓްރި ބިއުޝަންފޮށި ހަރުކުރަންވާނީ، ސިމެންތިއާއި، ހިލަވެލިން 3 ފޫޓް އުސްމިނުގައި ހަދާފައިހުރި ޕޯސްޓެއްގައެވެ.

4.10.  ޕޯސްޓް ހުންނަންވާނީ، ގޯތީގެ ކަނަކާއި ދިމާލުން، ކޮންމެފަރާތަކުންވެސް އިންފާރަށްވުރެ 3 ފޫޓް އެތެރޭގައެވެ.

4.11.     ޑިސްޓްރިބިއުޝަން ފޮށީގެ ތެރޭގައި، 3 ފޭސް މީޓަރަކާއި، 4 ޕޯލް ބްރޭކަރަކާއި، 3 ފޭސް އީ. އެލް. ސީ. ބީ އަކާއި، 3 ޕޯލް ބްރޭކަރެއް، ހަރުކުރެވިފައި ހުންނަންވާނެއެވެ. ހަރުކުރެވޭ ތަކެއްޗަކީ، ސްޓެލްކޯ / ފެނަކަ ޤަބޫލުކުރާފެންވަރުގެ ތަކެއްޗަށް ވާންޖެހޭނެއެވެ.

 5. ފެން ލިބޭނެ ނިޒާމް ޤާއިމް ކުރުން:

5.1.   ފެން ހޮޅި ވަޅުލައި ފެނުގެ ނިޒާމް ޤާއިމް ކޮށްފައިވާ ރަށެއް ނޫންނަމަ (ފެންވަޅު ބެހެއްޓުން):

5.1.1.  ވަޅުގެ ޑައިމީޓަރގައި 4 ފޫޓު ހުންނަ ވަށް ވަޅަކަށް ވާންޖެހޭނެއެވެ.

5.1.2.  ވަޅު ހަދަންވާނީ ހިލަޔާއި ހިލަވެލި، ސިމެންތި ބޭނުންކޮށްގެން ކޮންކްރީޓްންނެވެ.

5.1.3.  ވަޅުތެރޭ ފެނުގެ ފުންމިނުގައި  3 ފޫޓް ހުންނަންވާނެއެވެ.

5.1.4. ވަޅުގެ އަޑީގައި ކޮންކްރީޓްން ފޫ އަޅާފައި އޮންނަންވާނެއެވެ.

5.1.5. ހަމަބިމުން ފެށިގެން ބިމުން މައްޗަށް 2 ފޫޓް އުސްމިން ހުންނަންވާނެއެވެ.

5.1.6. ވަޅުގެ މަތި ކޮންކްރީޓް ޝީޓަކުން އަޅާފައި އޮންނަންވާނެއެވެ.

5.1.7. ވަޅުގެ މަތީ ޝީޓް އަޅާއިރު، ވަޅަށް ފައިބަންޖެހިއްޖެ ޙާލަތެއްގައި ފޭބޭގޮތަށް ވަކިން ނަގާ ބޭއްވޭ މަތިގަނޑެއް، ކޮންކްރީޓްން އަޅާފައި އޮންނަންވާނެއެވެ.

5.1.8. ވަޅުން ފެންނެގުމަށް ބަހައްޓާ މޯޓަރގެ ޕްޓްވޭލް ހޮޅިލުމަށް ނުނެގޭގޮތަށް އޮންނަ މަތިގަނޑުގައި 2 އިންޗި ހޮޅިއެއް ބޭނޭވަރުގެ ހޯލްއެއް ހުންނަންވާނެއެވެ.

5.1.9. ވަޅު ބަހައްޓާނީ، ގޯތީގެ ކަނަކާ ދިމާލުން، އިންފާރާ ވަޅާދެމެދު، ވަށައިގެން ހިނގޭގޮތަށް 3  ފޫޓުގެ އެތެރޭގައެވެ.

 

5.2.   ފެންހޮޅި ވަޅުލައި ފެނުގެ ނިޒާމް ޤާއިމް ކޮށްފައިވާ ރަށެއްނަމަ:

5.2.1.  ރަށުކައުންސިލާއި، ފެން ކުންފުނިން ޤަބޫލްކުރާފެންވަރުގެ ހޮޅި ވަލުލައި ޕީއެސްއެމް ބިމަށް ފެންލިބޭގޮތަށް       ގޯތިތެރެއަށް ފެންހޮޅިވައްދާ 3 ފޫޓު އުސްމިނުގައި ކޮންކްރީޓް ޕޯސްޓެއް ހަދައި، ފެންހޮޅި ޕޯސްޓްގައި ހަރުކޮށް، ތަޅުލެވޭ ވޭލެއް ހަރުކޮށް ހުންނަންވާނީ ތަޅުލެވިފައެވެ.

5.2.2.  ފެންހޮޅި ހަރުކުރާ ޕޯސްޓް ބަހައްޓާނީ އިންފާރަށްވުރެ 3 ފޫޓު އިމުގެ އެތެރޭގައި، ވަށައިގެން ހިނގާއުޅުމުގައި ދަތިނުވާނެ ގޮތަށެވެ.

ބިޑް ޕްރޮޕޯސްލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

1.1

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

 

ބިޑް ހުށަހަޅާ މަރުޙަލާގައި ،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

  • ކުންފުނި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި އަމިއްލަ ފަރުދުން،

1- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

2- މުއްދަތު: (މަސައްކަތް ނިންމާނެ މުއްދަތު ނުވަތަ ޑެލިވަރީގެ މުއްދަތު)

3- ބިޑްގެއަގު 500,000.00ރ. (ފަސްލައްކަރުފިޔާއިންމަތިންއަގުހުށަޅާނަމަ) 10,000.00ރ. ރުފިޔާގެ ބޭންކް ގެރެންޓީ  (ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.)

  • ކުންފުންޏެއްނަމަ،

4- ކޮމްޕެނީ ރަޖިސްޓްރީގެ ކޮޕީ:

5- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

6- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

 

  • އަމިއްލަ ފަރުދުންގެ ވިޔަފާރި،

7- ވިޔަފާރި ރަޖިސްޓްރީ / ތަކެތި ވިއްކުމުގެ ހުއްދައިގެ ކޮޕީ

8- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

9- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

  • އަމިއްލަފަރުދުން،

10-  މުދާ / ހިދުމަތް ދިނުމުގެ ހުއްދަ

11-  އައިޑީ ކާޑް ކޮޕީ

12-  ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

13-  ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް

 

1.2

ހުށަހަޅުއްވާ ބިޑްގެ އަގު 1 މިލިއަނަށްވުރެ މަތިވާނަމަ ، ބިޑް އިވެލުއޭޓްކޮށް، އެވޯޑްކޮށް އެފަރާތަށް އެންގުމުން ޕާރފޮރމަންސް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ.

  • ބިޑްއެވޯޑްވެއްޖެނަމަ،

1- 1,000.000.00  (އެއްމިލިޔަން) ރުފިޔާއަށްވުރެ މަތިނަމަ، ހުށަހަޅާއަގުގެ ދިހަ ޕަސެންޓް އަށްވާވަރު ބިޑްކާމިޔާބުކުރާފަރާތުން ޕާރފޯމަންސްސެކިއުރިޓީއެއް ، އެގްރީމެންޓްގައި ސޮއިކުރުމުގެކުރިން ހުށަހަޅަންވާނެއެވެ.  (ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ޕާރފޮމެންސް ސެކިއުރިޓީ ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަހެވެ.)                                                

2

 

އަގު/ އަންދާސީ ހިސާބު

  • އަގު / އަންދާސީ ހިސާބު ، ހުށަހަޅާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް

1- އަގުހުށަހަޅަންވާނީ މަޢުލޫމާތު ކަރުދާހުގައިވާ ކަންކަން ބަޔާންކުރާ އުޞޫލުންނެވެ. (ހުށަހަޅާ އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ކަންކަން ފުރިހަމަކޮށް، ހުށަހަޅަންވާނެއެވެ.)

2-  އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިން ޖީއެސްޓީ ހިމަނައިގެންނެވެ.

3-  އަގު/އަންދާސީ ހިސާބު ހުށަހަޅާއިރު، ހުށަހަޅާ ކުންފުނި / އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަމާއި، ސޮއާއެކު ތައްގަޑުޖަހާފައި ކޯޓޭޝަން ހުށަހަޅަންވާނެއެވެ.

4-  ޕްރޮޕޯސަލް ގެ ވެލިޑިޓީ މުއްދަތު: (ބިޑްހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތު)

 

3

 

ޕޮއިންޓް ދިނުން

  • މި ކަމަށް ހުށަހަޅާ ޕްރޮޕޯސަލްތަކަށް ޕޮއިންޓު ދޭނީ އަންނަނިވި އުސޫލުންނެވެ.

1. މަސައްކަތުގެ ޖުމްލައަގު:       60 ޕޮއިންޓް

2- މަސައްކަތް ނިންމާނެ މުއްދަތު:   20 ޕޮއިންޓް

1- ކަމާ ގުޅުންހުރި ތަޖްރިބާ:       15 ޕޮއިންޓް

2- ފައިސާ ދެއްކުމަށް ދެވޭ މުއްދަތު : 05 ޕޮއިންޓް

4

 

ސުންގަޑި:

  • 27 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

5

 

ބިޑް ނުވަތަ މަސައްކަތް އެވޯޑްކުރުން

  • ޕީއެސްއެމްގެ ބިޑްކޮމެޓީން ޕްރޮޕޯސްލަތައް އިވެލުއޭޓްކޮށް ނިމުމުން ބިޑް އެވޯޑް ކުރެވޭ ފަރާތް ،ފަރާތްތަކާއި، ޕީއެސްއެމް އާދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ޙަވާލުކުރެވޭނެއެވެ.

6

 

މަސައްކަތް ޙަވާލުކުރުން

  • ޕްރޮޕޯސަލްތައް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތީމާކްސް ލިބޭ ފަރާތާ/ ފަރާތްތަކާ މަސައްކަތް ޙަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

7

 

ޕްރޮޕޯސަލް ބަލައިގަންނާނީ ދެވިފައިވާ މެއިލް އެޑްރެސްއިންނެވެ.

 

 

                 05 ޖުމާދުލްއޫލާ 1442   

                 20 ޑިސެމްބަރ  2020     

22 ޑިސެންބަރު 2020
ހޯދާ