ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނީގެ ޓީވީމޯލްޑިވްސް އާއި ، ދިވެހިރާއްޖޭގެއަޑު (2 ޢިމާރާތުގައި) މިހާރު ހުރި ، އަލިފާން ނިންވާ ފުޅިތައް، ސާރވީސް ކުރުމާއި ، އިތުރަށް އަލިފާން ނިންވާފުޅިތައް ބަހައްޓަންޖެހޭ ސަރަހައްދުގައި (އަމިއްލަ ޚަރަދުގައި) އާ ފުޅިތައް ހަރުކޮށްދޭނެ ފަރާތެއްހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2020/98

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-41-20) PSM-GA /2020/221

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

                  މިކުންފުނީގެ ޓީވީމޯލްޑިވްސް އާއި ،  ދިވެހިރާއްޖޭގެއަޑު (2 ޢިމާރާތުގައި) މިހާރު ހުރި ، އަލިފާން ނިންވާ ފުޅިތައް، ސާރވީސް ކުރުމާއި ، އިތުރަށް އަލިފާން ނިންވާފުޅިތައް ބަހައްޓަންޖެހޭ ސަރަހައްދުގައި (އަމިއްލަ ޚަރަދުގައި) އާ ފުޅިތައް ހަރުކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.                                                                   

                  ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މި 2 ޢިމާރާތުގައި މަސައްކަތްކުރުމަށް  ޝައުޤުވެރިވާ ފަރާތްތަކުން 28 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށްޙާޟިރުވެވަޑައިގެން ޕްރޮޕޯސަލްހުށަހެޅުއްވުންއެދެމެވެ.

                  ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާގަޑިތަކަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

             05 ޖުމާދުލްއައްވަލު 1442    

             21 ޑިސެމްބަރ  2020   

22 ޑިސެންބަރު 2020
ހޯދާ