ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ބިދޭސީ ޓީޗަރުން ތިބި މަޤާމުތަކަށް ދިވެހި ނަސްލުގެ ޓީޗަރުން ހޯދުމަށް

 

 

                                                                 

 

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

 

މާލެ، ދިވެހިރާއްޖެ

އިއުލާން ނަންބަރު: IUL)CHSE-SMT/1/2020/22)                                               

 

ބިދޭސީ ޓީޗަރުން ތިބި މަޤާމުތަކަށް ދިވެހި ނަސްލުގެ ޓީޗަރުން ހޯދުމަށް

 

   

 

އިއުލާނު

 

މި މަޤާމުތަކަކީ  ސިވިލް ސަރވިސް ކޮމިޝަންގެ ނަމްބަރ 15/2017  (20 ނޮވެމްބަރ 2017) ސަރކިއުލަރގެ ދަށުން ބިދޭސީން ތިބި މަޤާމުތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ކުރެވޭ އިޢުލާނެކެވެ.                        

 

                                            

 

މަޤާމް:

ކްލެސިފިކޭޝަން:

މަޤާމުގެ ނަމްބަރ:

ބޭނުންވާ ޢަދަދު:

ސްކޫލް ޓީޗަރސް

ސްޓެޓިސްޓިކްސް

J-302624, J-302216,J-281460

03

ސްކޫލް ޓީޗަރސް

ބަޔޯލޮޖީ

J-30262J-30204J-302235,J-302172

04

ސްކޫލް ޓީޗަރސް

ފިޒިކްސް

J-263868, J-302837, J-302619,J-263838،J-30220J-302622

06

ސްކޫލް ޓީޗަރސް

ކެމިސްޓްރީ

J-30211J-321586

02

ސްކޫލް ޓީޗަރސް

އެކައުންޓްސް

J-28142J-30261J-302616

03

ސްކޫލް ޓީޗަރސް

އިންގިރޭސި

J-30274J-30209J-302497

03

ސްކޫލް ޓީޗަރސް

މެކެނިކްސް

J-321591, J-302284

02

ސްކޫލް ޓީޗަރސް

ކޮމްޕިއުޓަރ

J-302060

01

ސްކޫލް ޓީޗަރސް

ބިޒްނަސް

J-302063

01

 

 

 

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

 ) CS11-2 – CS15-5ސީ.އެސް 11-2 އިން ސީ.އެސް 15-5 އަށް(

މަޤާމުގެ ކުލެސިފިކޭޝަން:

ސްކޫލް ޓީޗަރސް

ސެކްޝަން:

އެކަޑަމިކް

މަޤާމް އޮތް އޮފީސް:

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން

މުސާރަ:

-/7070 ރުފިޔާއާއި -/10640 ރުފިޔާއާއި ދެމެދު      

ސަރވިސް އެލަވަންސް:

-/2500 ރުފިޔާ

 

 

 

އިތުރު ޢިނާޔަތްތައް:

01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

04. އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް:

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5ގެ ސަނަދެއް އޮތުން

 

 

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި އަދި ކިޔަވާދިނުމުގައި އޮންލައިންކޮށް ޖީ ސުއިޓް ފުރިހަމައަށް ބޭނުން ކުރުން.
  2. މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން.
  3. ދަރިވަރުންގެ ކުރިއެރުމާއި ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމައޫލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން
  4. ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ޙަވާލުކުރަންޖެހޭ އެންމެހައިތަކެތި (ސްކީމްއޮފް ވަރކް، ލެސަންޕްލޭން، މާރކްސްޝީޓްފަދަތަކެތި) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ތައްޔާރުކޮށް ޙަވާލުކުރުން
  5. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް ތައްޔާރުކުރުމާއި އެޑްމިނިސްޓަރކުރުން އަދި މާކުކުރުން
  6. ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓްރ ކުރުން
  7. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން
  8. ދަރިވަރުން ޙާޞިލުކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން
  9. ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން
  10. ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ބެލެހެއްޓުން
  11. ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢޫލޫމާތު ދިނުން
  12. ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލުގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން
  13. ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން
  14. ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.
  15. ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާގީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.
  16. ރިލީފް ގަޑި ނެގުން
  17. ސްކޫލުގައި ހިންގާ ކުލަބު ޙަރަކާތްތައް ހިންގުން
  18. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން
  19. ސްކޫލުގެ ފަރާތުން އިންތިޒާމުކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން
  20. މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތުތަކުގައި ބައިވެރިވުން.
  21. ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން
  22. ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނިޓްގެ 25 އާ 30 އާ ދެމެދުގެ ގަޑި ނުވަތަ 45 މިނިޓްގެ 20 އާ ދެމެދުގެ ގަޑި ނެގުން  

 

 

 

 

މަޤާމުގެ ޝަރުތުތައް:

 

މަޤާމް ނަން

ކްލެސިފިކޭޝަން

ސިވިލް ސަރވިސް

ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިޔަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4  ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން

ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3  ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން

ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2  ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން

ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން

10,100.00

2,500.00

CS15-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް  ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން

-          ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން.

-          ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

9,910.00

2,500.00

 

 

 

ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު  ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން

-          ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

-          ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

 

 

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4  ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން

ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ  CS13-3  ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން

ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން

9,360.00

2،500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ  CS13-2  ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން

ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން

8,890.00

2،500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛

-ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ

 

8,440.00

2،500.00

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4  ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން

ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3  ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން

ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2  ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން

ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން

 

 

7450.00

2500.00

 

 

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން

7070.00

2500.00

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
  • މާއްދާއިންދޭ އިމްތިހާނުގެ ނަތީޖާއަށް ބަލައިގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (2020/12/29) ވާ  ދުވަހުގެ (12:00)  ކުރިން، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ހުށައަލަން ޖެހޭ ލިޔުންތައް:

ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން ފޯމު މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުން www.chse.edu.mv ޑައުންލޯޑް ކުރެވޭނެއެވެ.)

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިޔު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

 

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 ޑިސެންބަރު 2020 އާއި 31ޑިސެންބަރު 2020 އާ ދެމެދު، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ގައެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ އިތުރުވާނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރުމުގެ އިޙްތިޔާރު އިދާރާއަށް ލިބިގެންވެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2) ފޯމު" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2) ފޯމު" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި    އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3321330 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

     

 

 

 

        6 ޖުމާދަލްއޫލާ 1442                  

 

                     21 ޑިސެންބަރު 2020                               

 

 

 

 

                                                                  

 

 

21 ޑިސެންބަރު 2020
ހޯދާ