ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް – ޖަޖާރސް ކޮމިޓީ މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލުން

އިޢުލާން

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް – ޖަޖާރސް ކޮމިޓީ މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލުން

 

              ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދުގައި ބަޔާން ކުރެވިފައިވާ، ސަބްކޮމިޓީ ތަކުގެ ތެރެއިން ޖަޖާރސް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނި ހުޅުވާލެވިފައެވެ. އަދި ޖަޖާރސް ކޮމިޓީ އަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، ކޮމިޓީއަށް އައްޔަނު ކުރާނީ 4 (ހަތަރެއް) މެންބަރުން ނެވެ.

ވީމާ،  2020 ޑިސެމްބަރ 20 ވަނަ ދުވަހުން ފެށިގެން 2020 ޑިސެމްބަރ 27 ވަނަ ދުވަހުގެ 14:00 ގަޑިސުންމިނެޓް ގެ ކުރިން، ކުރިމަތިލެއްވުމަށް ބޭނުފުޅުވާ ފަރާތުގެ ވަނަވަރު ހިމެނޭގޮތަށް، މި އެސޯސިއޭޝަންގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރަށްވާނަމަ، [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މި އިޢުލާން ގައި ބުނެވިފައިވާ، ޝަރުތު އަދި ހުށަހަޅަންޖެހޭ ލިޔުންތަށް ހަމަނުވާނަމަ، ހުށަހެޅުންތަށް ބާތިލްވާނެ ވާހަކަދެންނެވީމެވެ.

 

ޝަރުތު:

1-    ދިވެހިރައްޔިތެއް ކަމުގައިވުން.

2-  ޖަޖިންގެ ދާއިރާއިން ކޯހެއް ހަދައި ޖަޖެއްގެ ގޮތުގައި ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގައި ރެޖިސްޓްރީ ކޮށްފައިވާ ޖަޖެއް ކަމުގައިވުން.

3-    ނެޝަނަލް ނުވަތަ އިންޓަނޭޝަނަލް ޖަޖެއް ކަމުގައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތަށް:

1-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެ ސާފު ކޮޕީއެއް

2-    ޖަޖާރސް ލައިސަންސް (ނޭޝަނަލް އަދި އިންޓާނޭޝަނަލް) ސާފު ކޮޕީއެއް

 

 

ނޯޓް: މި އިޢުލާން ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރާ ތާރީޙުން ފެށިގެން، އަލުން ކޮމިޓީ އެކުލަވާލެވެންދެން، މިވަގުތު އެސޯސިއޭޝަންގެ ޖަޖާރސް ކޮމިޓީ އުވުނީ ކަމުގައި ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދުމަށް ގުޅާނީ 7812226/7994542 ނަންބަރު ފޯނާއެވެ.

 

20 ޑިސެންބަރު 2020
ހޯދާ