ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ

ފުވައްމުލަކު ޢިޖްތިމާޢީ މަރުކަޒުގެ ކުޅިވަރު ހޯލުގައި ބޭނުންކޮށް ހަލާކުވެފައި ހުރި ތިރީގައި މިދަންނަވާ ބައެއް ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

-          1 ބިލިއާރޑް ޓޭބަލް (ކުޑަ)

-          1 ބިލިއާރޑް ޓޭބަލް (ބޮޑު)

-          2 އޭސީ އިންޑޯ ޔުނިޓް

-          1 ޓީޓީ ޓޭބަލް

-          1 ފޫސްބޯލް ޓޭބަލް  

-          2 ކުޑަ ދޮރު (4 ދޮރުފަތުގެ)

-          2 ކުޑަ ދޮރު (2 ދޮރުފަތުގެ)

-          13 ފަންކާ

-          1 ޕާޓިޝަން

           ނީލަމުގައި ތަކެތި ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން  27 ޑިސެންބަރު 2020  ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އަށް ފުވައްމުލަކު ޢިޖްތިމާޢީ މަރުކަޒުގެ ކުޅިވަރު ހޯލަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުގައި ނަންގަވާ ތަކެތި ގެންދެވޭނީ ފައިސާ ދެއްކެވުމަށްފަހު ކަމުގައި ދަންނަވަމެވެ. 

މިހެންކަމުން މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

މީނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

          05 ޖުމާދަލްއައްވަލް 1442

          20 ޑިސެންބަރު 2020

20 ޑިސެންބަރު 2020
ހޯދާ