މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކްރީން ރީޑިންގ ސޮފްޓްވެއަރއެއް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ލޯފަން ކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރއެއްގެ އެހީގައި ދިވެހިބަހުން ލިޔެފައިހުންނަ ލިޔުންތައް ކިޔޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ސްކްރީން ރީޑިންގ ސޮފްޓްވެއަރ އެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2020 ޑިސެންބަރު 19 ން 2020 ޑިސެންބަރު 24 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:https://forms.moe.gov.mv
4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެންބަރު 26 ވަނަ ދުވަހުގެ ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
5. ޕްރީ ބިޑް މީޓިންގ އޮންނާނީ 2020 ޑިސެންބަރު 27 ވަނަ ދުވަހުގެ 11:00 ގައި ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 1 ގައެވެ.
6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 ޑިސެންބަރު 31 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 1 ގައެވެ.
7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 9997721,3341436
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
04 ޖުމާދަލްއޫލާ 1442
19 ޑިސެންބަރު 2020

19 ޑިސެންބަރު 2020
ހޯދާ