އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީ ސްކެއަރގެ ކަރަންޓްލުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ސިޓީ ސްކެއަރގެ ކަރަންޓްލުމުގެ މަސައްކަތަށް ބޭނުންވާ، ތިރީގައި ދެންނެވިފައިވާ ތަކެތި، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

  • 2015 މީޓަރ 3 ކޯރ ކޭބަލް (2.5mm)
  • 110  ސްޕޮޓް ލައިޓްސް (8W)
  • 89   ޕާތްވޭ ލައިޓްސް (5W)
  • 04 އައުޓް ޑޯ ލެޑް ލައިޓްސް (10W)

ވީމާ، މިތަކެތި ސަޕްލައިކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 20 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 24 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މި އިދާރާގެ ފައިނޭންސް ސެކްޝަނުގެ މެއިލްއަށް ([email protected])  ބިޑް ގަތުމަށް (ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) ) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގައެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 20 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 29 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 29 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]

 

02 ޖުމާދުލް އޫލާ 1442 

17 ޑިސެންބަރު 2020
ހޯދާ