އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީ މީހުން ހޯދުން

ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން 2021 ވަނަ އަހަރުގެ ނިޔަލަށް މިރަށުގެ މިސްކިތްތަކުގައި މަސައްކަތް ކުރާނެ، އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން ބޭނުންވެއްޖެއެވެ.

 

އުޖޫރު:

  • އިމާމުކަމުގެ ޝަރުތު ހަމަވާނަމަ (ޖީ.އެސް 3 ގެ ރޭންކް) ކޮންމެ ނަމާދު ވަގުތަކަށް -/61 ރުފިޔާ.
  • އިމާމުކަމުގެ ޝަރުތު ހަމަނުވާނަމަ (ޖީ.އެސް 1 ގެ ރޭންކް) ކޮންމެ ނަމާދު ވަގުތަކަށް -/53 ރުފިޔާ.
  • މަސައްކަތު މީހުންނަށް، (އެސް.އެސް 1 ގެ ރޭންކް) މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/45 ރުފިޔާ.

މިއީ ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން ނެގޭބަޔަކަށްވާތީ، އުޖޫރަދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ބަންދުދުވަހުގެ ފައިސާ އާއި އިތުރު ގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.
  • މަތީގައި ދެންނެވިފައިވާ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ އެންމެ މަތީފާހުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން.

 

މަޤާމަށް ހޮވޭގޮތް:

  • މި މަޤާމްތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހަށާ ހުރިހާ ފަރާތްތައް މަޤާމަށް ހޮވޭނެއެވެ. ނަމަވެސް މަޤާމަށް ހޮވޭ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް އެފަރާތްތައް ތަރުތީބު ކުރެވޭނެއެވެ. މިގޮތުން ތަރުތީބު ކުރެވޭ ލިސްޓު އާންމުކުރެވޭނެއެވެ.

 

މަސައްކަތް ކުރަންޖެހޭ ޙާލަތާއި މަސައްކަތަށް ނެރެވޭ ގޮތް:

  • މިސްކިތުގެ އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން އެކިއެކި ސަބަބުތަކާހުރެ މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކުގައި ވޭޖް މުވައްޒަފުން ނެރުމުގައި އިސްކަންދެވޭނީ އިޢުލާނުކުރެވޭ ލިސްޓު ތަރުތީބުންނެވެ.

 

              ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޑިސެންބަރު 2020
ހޯދާ