މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަންކިއުމާއި ގުޅޭ

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން: 
    • މުދާ ބެލުން : 24 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 ގައި
    • މުދާ ބެލުމަށް ނަން ނޯޓް ކުރުން: 24 ޑިސެންބަރ 2020 ، 09:00 ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމުhttps://rb.gy/ku8yy7  ފުރިހަމަކުރައްވަން ވާނެއެވެ.
    • މުދާބެލުމަށް ވަޑައިގަންނަވާ އިރު ޕޯޓް ގެ ޤަވާއިދާއެއްގޮތަށް (ބޫޓް، ވެސްޓް އަދި ހެލްމެޓް ހިއްޕަވައިގެން) ވަޑައިގެންދެއްވުން އެދެމެވެ.
  3. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި  ބައިވެރިވެވޭނީ 26 ޑިސެންބަރ 2020 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ.
  4. ނީލަން ކިޔުން: 27 ޑިސެންބަރު 2020 ވާ  އާދީއްތަ ދުވަހު 14:00 ން ފެށިގެން.
  5. ނީލަން ކިއުން އޮންނަ ތަން: ހެޑް އޮފީސް ގެ ބަނދަރު މާލަމު ގައި.

ސަމާލުކަމަށްޓަކައި :

  • މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv)   ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
  • ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.

ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv)  އިން ލިބިވަޑައިގަންނަވާނެއެވެ.  

16 ޑިސެންބަރު 2020
ހޯދާ