ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2021 ވަނަ އަހަރު LKG އަށް ދަރިވަރުން ވެއްދުމާއި ބެހޭ

ނ. އަތޮޅު ތަޢުލީމީ މަރުކަޒު

      ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                                        ނަމްބަރު: GS07/IUL/2020/009

އިޢުލާން

2021 ވަނަ އަހަރު LKG އަށް ދަރިވަރުން ވެއްދުމާއި ބެހޭ

       މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަމްބަރ 22-E/CIR/2020/59 ސަރކިއުލަރ ގައިވާ ގޮތުގެ މަތިން އެލް.ކޭ.ޖީ އަށް ވަދެވޭ އުމުރުފުރާގެ ދަރިވަރުންގެ ތެރެއިން އެލް.ކޭ.ޖީ ފުރިހަމަ ނުކުރާ ދަރިވަރުންގެ ބެލެނިވެރިން ބޭނުންނަމަ، 2021 ވަނަ އަހަރުގެ ދިރާސީ އަހަރު) އޯގަސްޓް 2021) ގައި ޔޫ.ކޭ.ޖީ އިން އެދަރިވަރުންނަށް ޖާގަ ހަމަޖައްސަވައިދެވެން އޮތް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެގޮތުން އެފަދަ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ޚާއްޞަ ޕްރޮގްރާމެއްގެ ގޮތުގައި 2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ 2 ވަނަ ޓާރމުގައި (ޖެނުއަރީ 2021 އިން ޖޫން 2021 އަށް)، އެލް.ކޭ.ޖީ ގައި ކިޔެވުމުގެ ފުރުޞަތުވެސް އޮތް ވާހަކަ ދެންނެވީމެވެ.

 

ވީމާ، އެލް.ކޭ.ޖީ ފުރިހަމަ ނުކުރާ ދަރިވަރުންގެ ތެރެއިން 01 އޯގަސްޓް 2021 އަށް 5 އަހަރު ފުރޭ ދަރިވަރުންގެ ބެލެނިވެރިން މިމަދަރުސާއަށް ދުރުވެ ދަރިވަރުން މަދަރުސާއަށް ވެއްދުމަށް އެދޭ ފޯރމް ނަންގަވާ ފުރުއްވުމަށްފަހު 31 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިމަދަރުސާގެ އިދާރާއަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމަދަރުސާގެ ނަމްބަރ 6560019 އަށް ގުޅުއްވުން އެދެމެވެ.

 

                                 01 ޖުމާދިލްއައްވަލް 1442

                   16 ޑިސެމްބަރު 2020

16 ޑިސެންބަރު 2020
ހޯދާ