އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންޕްލާންޓް ބަހައްޓާ ބިމުގައި ހުރި ރުއްތަކުގެ ވެރިން ހޯދުން

އިޢުލާން

 

ފެންޕްލާންޓް ބަހައްޓާ ބިމުގައި ހުރި ރުއްތަކުގެ ވެރިން ހޯދުން

              މިރަށުގައި ސަރުކާރުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެންޕްލާންޓްގެ ޕަންޕު ސްޓޭޝަނާއި އާރު އޯ ޕްލާންޓް އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިރަށުގެ އިރުމަތީކޮޅުގައި ހަދަމުންދާ ނަރުދަމާގެ މައި އިމާރާތުން ހުނޅަގަށް އޮތް ބިމުގައެވެ. މި މަސައްކަތް ފެށެން އަންނަނީ މިކޮށީގައި ހުރި ހުރިހާ ރުއްތަކަށް ބަދަލުދީ ބިންސާފުކޮއްގެންނެވެ.

            ވީމާ، ވައިޓްރޯސްހިނގުން މިމަގުގެ ދެކުނަށް ނަރުދަމާ ނިޒާމްގެ މައި އިމާރާތުން ހުޅަނގުން ދެކުނަށް އޮތް މަގާހަމައަށް، އެސަރަޙައްދުގައި ކަޅުދަވާދުން ރަސްގެ އަޅާފައިހުރި ރުއްގަހުގެ ވެރިންގެ ނަމާއި ނަމްބަރު 23 ޑިސެމްބަރ 2020ވާ ބުދަ ދުވަހުގެ ކުރިން ޖެހުމަށް އަންގަމެވެ. އަދި މިތާރީޚުގެ ފަހުން އެރުއްތަކަށް ބަދަލުގެ ކަންތައް ނިންމާ ރުއްތައް ކެނޑުމުގެ މަސައްކަތްކުރަމުން ގެންދާނެކަންވެސް އަންގަމެވެ. ރުއްތަކުގެ ބަދަލުގެ ގޮތުގައި ދޭނީ ސްޕްރީންކޯޓުން އެކަމަށް ކަނޑައަޅައިފައިވާ އަގުތަކަށް ރިޔާއަތްކޮށް ކައުންސިލްގެ އަގު ކޮމިޓީން ކޮއްފައިވާ އަގެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            30 ރަބީޢުލްއާޚިރު 1442

15 ޑިސެންބަރު 2020
ހޯދާ