މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްލިޕްވޭ ޑިޒައިން ކޮންދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 21 ޑިސެންބަރު 2020 08:14 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

 

ސްލިޕްވޭ ޑިޒައިން ކޮންދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

               ރ.އިނގުރައިދޫގައި ސްލިޕްވޭ ޤާއިމުކުރުމަށްޓަކައި ސްލިޕްވޭ ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހު މެންދުރުކުރި 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަދުމަފުޅުކޮށް އަރުވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގާ ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ.

ތިރީގައި ބަޔާން ކުރެވިފައިވާ ޙާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  • Ø      މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް
  • Ø      ފެކްސް، އީމެއިލް މެދުވެރިކޮށް އަދި ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      މަޢުލޫމާތުތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެއެވެ.

ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތް

  1. މަސައްކަތުގެ އަގަށް:        80 ޕަސެންޓް (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކުސް ލިބޭނެއެވެ.)
  2. މަސައްކަތުގެ މުއްދަތު:       15 ޕަސެންޓް (ކުރު މުއްދަތެއް ހުށަހަޅާފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
  3. މަސައްކަތުގެ ތަޖުރިބާ:       5 ޕަސެންޓް

-         ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، އިމާރާތް ކުރުމާއި އިމާރާތް މަރާމާތު ކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ ފިނިސިންގ ވޯކްސްއެވެ. އަދި މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓާރއަށް ބަލާފައެވެ.

          މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެންދުނު 09:00 ން މެންދުރުފަހު 2:00 އާ ދެމެދު މިއިދާރާގެ ނަމްބަރު 6580028 ފޯނަށެވެ.

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

14 ޑިސެންބަރު 2020
ހޯދާ