އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ވިންޑޯ ބްލައިންޑްސް ފޯރުކޮށްދެއްވާ އެތަކެތި ހަރުކޮށްދެއްވާނެ ފަރާތެއް ހޯދުން


123-A/IUL/2020/55

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

    ހ.ސަކީނާ މަންޒިލުގެ 3,4,5,6 އަދި 8 ވަނަ ފަންގިފިލާގެ ކުޑަ ދޮރުތަކުގައި ހަރުކުރުމަށް ވިންޑޯ ބްލައިންޑްސް ފޯރުކޮށްދެއްވާ އެތަކެތި ހަރުކޮށްދެއްވާނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޑިސެންބަރު 16  ވާ ބުދަ ދުވަހުގެ 10:00 އަށް މިކޮމިޝަނަށް (ހުރަވީ ބިލްޑިންގ 02 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޑިސެންބަރު  23   ވާ ބުދަ ދުވަހުގެ 10:00 އަށް މިކޮމިޝަނަށް (ހުރަވީ ބިލްޑިންގ 02 ވަނަ ފަންގިފިލާ) ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިބިޑާ ގުޅޭ މަޢުލޫމާތު ޝީޓް, މަޢުލޫމާތު ސެޝަން އޮންނަ ދުވަހު ގެޒެޓަށް އަޕްލޯޑް ކުރެވޭނެއެވެ.  

29 ރަބީޢުލްއާޚިރު  1442

14 ޑިސެންބަރު   2020

14 ޑިސެންބަރު 2020
ހޯދާ